ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ  

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ  

ޑިވިޝަން / ސެކްޝަން

އެގްޒެކެޓިވް ބިއުރޯ - ޕްރޮޖެކްޓްސް    

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/8235 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

މަހަކު -/2305.8 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2882.25/- ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އީ-ގަވަރމަންޓް ސިސްޓަމް މެދުވެރިކޮށް ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހޮސްޕިޓަލަށް ލިބޭ ސިޓީ، ރިޕޯޓް ފަދަ އެންމެހާ ތަކެތި ފޮނުވަންޖެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުމާއި ސީ.އީ.އޯގެ ލަފާގެ މަތިން ޖަވާބުދޭންޖެހޭ ލިޔެކިޔުންތަކަށް ޖަވާބުދީ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން.
  3. ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެގްޒެކެޓިވް ބިއުރޯއަށް ލިބޭ އީ-މެއިލްތައް ދުވަހުން ދުވަހަށް ޗެކްކޮށް ޖަވާބުދިނުން.
  4. ޕްރޮޖެކްޓްތަކުގެ ޙާލަތާއި، ނަތީޖާއާއި، އިރުޝާދު ނުވަތަ ނިންމުންތައް ނިންމަންޖެހޭ މައްސަލަތަކާ ބެހޭގޮތުން އެގްޒެކެޓިވް މެނޭޖްމަންޓް ކޮމިޓީއަށް ގަވާއިދުން ފޯރުކޮށްދިނުން.
  5. ޕްރޮޖެކްޓްތަކާ ގުޅިގެން ސީ.އީ.އޯގެ ދަޢުވަތަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އިސް ފަރާތްތަކުގެ ދަތުރުތައް ހަމަޖައްސާ، އެޒިޔާރަތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  6. ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ޗީފް އެގްޒެކެޓިވް އޮފިސަރ އިސް މުވައްޒަފުންނާ ހަވާލުކުރައްވާ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބަލާ، ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިސްޓެއް ބަލަހައްޓާ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  7. ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ޕްރޮޕޯސަލް ތައްޔާރުކުރުމަށް، ރިސޯސް އެލޮކޭޝަން ހަދައި، ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓެކްނިކަލް، ފައިނޭންޝިއަލް އަދި އެޑްމިނިސްޓްރޭޓިވް މަޢުލޫމާތުތަކާ ވަސީލަތްތައް ކަމާގުޅޭ ޑިޕާޓްމަންޓްތަކުން ހޯދާ ޕްރޮޖެކްޓް ކޮންސެޕްޓް ޕްރޮޕޯސަލްތައް ތައްޔާރުކުރުން.
  8. ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ ދުވަހުން ދުވަހަށް ރިޕޯޓްތައް ތައްޔާރުކުރުމާ ކުރިއަށްދާގޮތް މޮނިޓަރކުރުން. އޭގެތެރޭގައި ޕްރޮޖެކްޓްގެ މައިލްސްޓޯންތަކާއި، ޝެޑިއުލްތައް މޮނިޓަރކޮށް ލިޔެކިޔުންތައް ބެލެހެއްޓުން.
  9. ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
  10. ޤާނޫނީ އަދި ރެގިއުލޭޓަރީ ޝަރުތުތައް ކަށަވަރުކުރުމަށް ޖަވާބުދާރީވާންޖެހޭ އިދާރާތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން.
  11. ޕްރޮޖެކްޓްތަކާއި ގުޅޭ ޕްލޭންތަކާއި، ޕްރޮގްރެސް ރިޕޯޓްތަކާއި، ނަތީޖާ ހިމެނޭ ގޮތަށް ރިފަރެންސް ރިޕޯޓްތައް ތައްޔާރުކުރުން.
  12. ޕްރޮޖެކްޓް މެނޭޖްމެންޓް ތާވަލައި ޕްރޮޖެކްޓްތަކަށް ބޭނުންވާ ހުއްދަތަކަށް އެދި  ޗީފް އެގްޒެކެޓިވް އޮފިސަރ އަށް ހުށަހެޅުން.
  13. ޕްރޮޖްކްޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށާއި މީޑިޔާއަށް ދިނުމަށްޓަކައި ކުރަންޖެހޭ މައުލޫމާތުތައް އެކުލަވާލައި ހިއްސާކުރުން.
  14. ކޮންޓްރެކްޓަރުންނާއި ކޮންސަލްޓެންޓުންނާއެކު ބާއްވަންޖެހޭ މީޓިންގތައް ރާވައި ދިމާވާ މައްސަލަތައް ގުޅުންހުރި ޑިޕާޓްމަންޓާއި ގުޅިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.
  15. ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް ބައްދަލުވުންތައް ބޭއްވުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ބައްދަލުވުމުގައި އެއްބަސްވާ ކަންތައްތައް ތަންފީޒުކުރުމަށް ގުޅުންހުރި ޑިޕާޓްމަންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  16. ކޮންމެ ޕްރޮޖެކްޓެއް ވަކިން ފައިލް ހަދާ ޕްރޮޖެކްޓް ފެށުނީއްސުރެ ނިމެންދެން ކުރެވޭ އެންމެހާ މުޢާމަލާތްތައް ފަސޭހައިން ފެންނާނެގޮތަށް ހާޑް ކޮޕީ އަދި އިލެކްޓްރޯނިކް ކޮޕީ ފައިލްކޮށް ބެލެހެއްޓުން.
  17. ޕްރޮޖެކްޓް މީޓިންގ ތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
  18. ޕްރޮޖެކްޓްތައް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށްޓަކައި ގުޅުންހުރި ޑިޕާޓްމަންޓްތައް އަދި ޕްރޮޖެކްޓް ޓީމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  19. ޕްރޮޖެކްޓް ނިމުމުން ޕްރޮޖެކްޓް ކޮމްޕްލީޝަން ރިޕޯޓް ތައްޔާރުކޮށް ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  20. ހޮސްޕިޓަލުން ރާވާ ހިންގާ އެންމެހައި ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް އެގްޒެކެޓިވް ބިއުރޯގެ ޑިރެކްޓަރގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ކުރުން.
  21. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް

އެޑްމިނިސްޓްރޭޝަން

ޕްރޮޖެކްޓް މެނޭޖްމެންޓް

ކޮމްޕްލައެންސް

ބިޒްނަސް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާ

 އެޑްމިނިސްޓްރޭޝަން، މެނޭޖުމަންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
  11. ޕޮލިސް ރިޕޯޓް
  12. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖަނަވަރީ 03 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

24 ޑިސެންބަރު 2023
ހޯދާ