ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން (ޑިސެންބަރު 2023)

         ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ 1 (ނ) ގައިވާ ގޮތުގެމަތިން ކޮންމެ 4 މަހަކުން އެއްފަހަރު ކައުންސިލުން ރަށެއް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތަކުގައި ކައުންސިލުން ރަށުގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބަޔާންކޮށްފައިވެއެވެ.

           އެގޮތުގެމަތިން 2023 ވަނަ އަހަރުގެ 04 މަސްދުވަހުގެ ތެރޭގައި ބާއްވާ 03 ބައްދަލުވުން 2023 ޑިސެންބަރު 29 ވާ (ހުކުރު) ދުވަހުގެ ރޭގަނޑު ލ. ދަނބިދޫ ސްކޫލް ހޯލުގައި އޮންނާނެއެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  1. ދަނބިދޫ ރައްޔިތުންނާއި ގުޅިގެން 2024 ވަނަ އަހަރު ހިންގިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ހިޔާލާއި މަޝްވަރާ ހޯދުން.
  2. 2024 އަހަރަށް ކައުންސިލުން ރާވާފައިވާ މުހިންމު ހަރަކާތްތަކާއި ގުޅެގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުން.

 

 ބައްދަލުވުން އޮންނާނެ ގަޑިތައް:

  • އަންހެން ރައްޔިތުން ހާޟިރުވާންޖެހޭ ގަޑި 20:30
  • ފިރިހެން ރައްޔިތުން ހާޟިރުވާންޖެހޭ ގަޑި 21:30

 

          ވީމާ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުން އެދެމެވެ.

11 F   1445

24 ޑިސެންބަރު 2023

24 ޑިސެންބަރު 2023
ހޯދާ