ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރު ބައްތިތައް 2024 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2024 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު އެކިއެކި ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރު ބައްތިތައް ކޮންޓްރެކްޓް އުސޫލުން 2024 ވަނަ އަހަރު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ތަކެތިދީގެން މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2024 ޖަނަވަރީ 2 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2024 ޖަނަވަރީ 3 ވާ ބުދަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

11 ޖުމާދަލްއާޚިރާ 1445

24 ޑިސެމްބަރ 2023

24 ޑިސެންބަރު 2023
ހޯދާ