އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކުނިކޮށިތައް ކައުންސިލުން ހިންގާގޮތަށް ހަމަޖެއްސުުން.

އައްޑޫސިޓީގެ ކުނިކޮށިތައް ކައުންސިލުން ހިންގާގޮތަށް ހަމަޖެއްސުން

އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާާކުނި، ރުއްޖެހެރެ ކުނިކޮށްޓަށް ގެނައުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ސަރދަން މޯލްޑިވްސްއާއެކު ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 10 އެޕްރީލް 2015 އަށް ހަމަވުމާއެކު، އެތާރީޚުން ފެށިގެން ރުއްޖެހެރެ ކުނިކޮށްޓާއި، ހުޅުމީދޫ ކުނިކޮށި ކައުންސިލުން ހިންގާ ބެލެހެއްޓުމުގެ އެންމެހައި އިންތިޒާމުތައް މިހާރުދަނީ ކުރެވެމުންނެވެ. މި މަސައްކަތް ރަސްމީކޮށް ކައުންސިލުން ފަށައިގަންނާނީ 11 އެޕްރީލް 2015 އިން ފެށިގެންނެވެ.

އައްޑޫސިޓީގެ ކުނިމެނޭޖް ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަކީ މުޅި މުޖުތަމަޢުގެ އެންމެހައި ފަރުދުންނާއި ގުޅި ލާމެހިފައިވާ ކަމަކަށް ވީހިނދު، މި ކަމުގައި އައްޑޫސިޓީގެ އެންމެހައި ފަރުދުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލަށް ބޭނުންވެއެވެ. އަދި ކުނިކޮށިތަކަށް ކުނިއުކުމުގެ ޚިދުމަތް ހޯއްދެވުކީވެސް ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

އައްޑޫސިޓީގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާކުނި، ކުނިކޮށްޓަށް ގެންދިއުމުގެ ޚިދުމަތަށް އެދޭ ފޯމު ފުރުއްވާ ފަރާތްތައް ކުނިމެނޭޖް ކުރުމުގެ ޕްރޮގްރާމް ގައި ރަޖިސްޓަރކޮށް، ޚިދުމަތަށް ދައްކަވަންޖެހޭ ފީ އަވަށުއޮފީސްތަކަށް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ޚިދުމަތަށް އެދޭ ފޯމާއި، މަޢުލޫމަތު ކަރުދާސް އަވަށުއޮފީސްތަކުން ޢާންމުކޮށް ފޯރުކޮށް ދެއްވަމުން ގެންދަވާގޮތަށް ވެސް ވަނީ ހަމަޖެހިފއެވެ.    

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ