އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލަށް ބޭނުންވާ ފާމާސިއުޓިކަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެ އިޢުލާނާއި ގުޅޭ އެމެންޑްމަންޓް

އިޢުލާން

1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސް (ފާމާސިއުޓިކަލްސް)  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލަށް ބޭނުންވާ ފާމާސިއުޓިކަލްސް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ އިޢުލާން: TENDER/URH/2023/43 ނަންބަރުގައި ހިމެނޭ މަޢުލޫމާތު ޝީޓުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީވެ، އެ އިސްލާޙުތައް  ހިމެނޭގޮތުން މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާނު ކުރަމެވެ. މިއާއިއެކު، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚާއި، ގަޑިވެސްވަނީ ތިރީގައިއެވާ ގޮތަށް ބަދަލު ގެނެވިފައެވެ.

އަންދާސީ ހިސާބު ހުށައެޅުއްވުން

(ބަދަލުވެފައި)

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު.

ތާރީޚް: 27 ޑިސެންބަރު 2023 ވާ ބުދަ ދުވަސް،

ގަޑި: 11:00 (މެންދުރު)

 

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެންމެހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް މި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.     

10 ޖުމާދަލްއޫލާ 1445

23 ޑިސެންބަރު 2023
ހޯދާ