އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެ އިޢުލާނާއި ގުޅޭ އެމެންޑްމަންޓް

އިޢުލާން

1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: TENDER/URH/2023/46 އަށް ގެނެވިފައިވާ އިސްލާޙު

 

މިހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސްގެ ގޮތުގައި ހިމެނޭ ލެބް ޖެނެރަލް އައިޓަމްސް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ އިޢުލާން: TENDER/URH/2023/42 ގެ މަޢުލޫމާތު ޝީޓުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީވެ، އެ އިސްލާޙުތައް  ހިމެނޭގޮތުން މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާނު ކުރަމެވެ. މިއާއިއެކު، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚާއި، ގަޑިއަށްވެސްވަނީ ތިރީގައިއެވާ ގޮތަށް ބަދަލު ގެނެވިފައެވެ.

އަންދާސީ ހިސާބު ހުށައެޅުއްވުން

(ބަދަލުވެފައި)

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު.

ތާރީޚް: 27 ޑިސެންބަރު 2023 ވާ ބުދަ ދުވަސް،

ގަޑި: 10:00 (ހެނދުނު)

 

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެންމެހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް މި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.     

10 ޖުމާދަލްއޫލާ 1445

23 ޑިސެންބަރު 2023
ހޯދާ