މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
288 ގޯތިލިބޭފަރާތްތަކުގެމެދުގައި ގުރުނެގުން

މިރަށުން މި އަހަރު ދޫކުރުމަށް އިޢުލާނުކުރެވުނު 288 ގޯތި ލިބިފައިވާ  ފަރާތްތަކުގެ މެދުގައި ބޭއްވޭ  ގޯތީގެ ގުރުނެގުން 26 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ސްޓޭޖް ސަރަހައްދުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ގޯތިލިބޭ ލިސްޓްގައިވާ ފަރާތްތަކުން ގުރުނެގުމަށް އެގަޑިއަށް ސްޓޭޖް ސަރަހައްދަށް ޙާޟިރުވެދެއްވުން އެދެމެވެ. އަދި ގުރުނަގަން ޖެހޭ ފަރާތަށް ހާޟިރުނުވެވޭނަމަ، ބަދަލުގައި ފޮނުވާ ފަރާތް ބަޔާންކޮށް ސިޓީއާއި ޙާޟިރުވާފަރާތުގެ އައިޑީކާޑާއިއެކު ފޮނުއްވުން އެދެމެވެ. ގުރުނެގުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ގުރުނަގާނީ އެބައްދަލުވުމުގައި  ކައުންސިލްގެ ފަރާތުން ކަމުގައިވެސް ދެންނެވީމެވެ. 

          ގުރުނެގުން ކުރިއަށްދާނީ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން އަދި ޕޮއިންޓް އެއްވަރުވެފައިވާނަމަ ލިސްޓް ގައިވާ މިއިދާރާއަށް ގޯއްޗަށް އެދި ފޯމް ހުށަހެޅި ތަރުތީބުންނެވެ.

           ގޯތިތަކުގެ ނަމްބަރ އެގޭގޮތުގެ ޗާޓް މިއިޢުލާނާ އެކު އެވަނީއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2023
ހޯދާ