މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް ސެމްސަންގް ގެލެކްސީ ސްމާރޓް ޓެގް 2 ، ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނު ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ބޭނުމަށް ސެމްސަންގް ގެލެކްސީ ސްމާރޓް ޓެގް 2 ، ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނު ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ އެއް ގަޑި ސުންމިނެޓު (13:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 27 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ އެއް ގަޑި ސުންމިނެޓު (13:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 

21 ޑިސެންބަރު 2023
ހޯދާ