މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ (އިއުލާން 2)

އިއުލާން ނަމްބަރު: (IUL)475/475/2023/247

އިއުލާން

 " މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިލުލާން ނަންބަރ (IUL)475/475/2023/212  އަށް އެކަށީގެންވާ ތަރުހީބެއްނުލިބިފައިވާތީ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މައުލޫމާތު ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސައިޓް ބެލުމަށް އަދި މައުލޫމާތު ސާފުކުރުމަށް 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މޯލްޑިވްސް ޕޮލިޓްކްނިކް މާލެ ކެމްޕަސް (ރެހެންދި ހިނގުން، މާލެ) އަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް، ކުރެހުން، މައުލޫމާތު ޝީޓް އަދި ފުރިހަމަކުރަންޖެހޭ ބީ.އޯ.ކިއު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް[email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ފަސްވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ރިކުއެސްޓް ފޯ ކޯޓޭޝަންގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް

އުމަރު ޒާހިރު އޮފީސް ބިލްޑިންގ،5 ވަނަ ފަންގިފިލާ

އޯކިޑްމާ ހިނގުން، މާލެ ސިޓީ، ހުޅުމާލެ

އީމެއިލް : [email protected]     

ފޯން: 3026975/3026982

  

21 ޑިސެންބަރު 2023
ހޯދާ