ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދުން

އިޢުލާން

 

1445 ވަނަ އަހަރުގެ ރަމަޟާން މަހު ދ.ކުޑަހުވަދޫ މަސްޖިދުއް ސިއްދީޤްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދުން:

 

                  1445 ވަނަ އަހަރުގެ ރަމަޟާންމަހު ދ. ކުޑަހުވަދޫ މަސްޖިދުއް ޞިއްދީޤް ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޘުންނަށް  ފުރުޞަތު ހުޅުވާލަމެވެ.

                   މިގޮތުން 1445 ވަނަ އަހަރު މިރަށު މަސްޖިދުއް ސިއްދީޤްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމް ("ދިވެހި ޙާފިޘުން ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް")  ފުރިހަމަކޮށް ލިޔުންތަކާއެކު، 2023 ޑިސެމްބަރ 31 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ދިވެހި ޙާފިޘުން އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް މި އިދާރާއިންނާއި  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

އުޖޫރަ ( އެލަވަންސް ):

                 ދިވެހި ޙާފިޘުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރަށްވާ ކޮންމެ ރެޔަކަށް -/500 ( ފަސްސަތޭކަ ) ރުފިޔާގެ  މަގުންނެވެ. މީގެ އިތުރުން ރަށުން ބޭރުގެ ޙާފިޘުންގެ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.

                 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

08 ޖުމާދިލްއާޚިރަ 1445

             

21 ޑިސެންބަރު 2023
ހޯދާ