ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ކަންކަން މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  1. މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އިހަވަންދޫއިން ބައިވެރިވާ ފުޓްސަލް ޓީމުގެ ކަންކަން މެނޭޖްކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
  2. މި ޕްރޮޕޯސަލަށް ހުށަހެޅޭނީ ޤަނޫނު ނަންބަރު: 2014/18( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (ފަރުދުންގެ ވިޔަފާރީގެ ރަޖިޓްރީ ކުރުމުގެ ޤާނޫނު)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި' ޤާނޫނު ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
  3. މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް ‏2023‏ ޑިސެންބަރު‏ 21 އިން ‏2023‏ ޑިސެމްބަރ‏ 24 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. ޕްރޮޕޯސަލް ހުށަހެޅުމަށް ‏2023‏ ޑިސެމްބަރ‏ 28‏ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected]  އަށް މެއިލް ކުރެއްވުއެދެމެވެ.
  5. މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  6. ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

އ.ކައުންސިލް އެގްޒެކްޓިވް ޢަލީ އަރުޝަދު

މޯބައިލް:  9850584

21 ޑިސެންބަރު 2023
ހޯދާ