މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށި ކައުންސިލް ރަށްވެހިގެ 4 ބުރީގެ އިމާރާތުގެ ކޮންސެޕްޓް ޕްލޭން އަދި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

  އަލިފުށި ކައުންސިލް ރަށްވެހިގެ 4 ބުރީގެ އިމާރާތުގެ ކޮންސެޕްޓް ޕްލޭން އަދި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

              ރ. އަލިފުށި ކައުންސިލް ރަށްވެހިގެ 4 ބުރީގެ ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށްދީ، ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔު)، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2023 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

2024 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

           ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެމްބަރ 21 އިން ފެށިގެން 2024 ޖަނަވަރީ  4 ވަނަ ދުވަހުގެ 09:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް   https://forms.office.com/r/fMtL2Tx0q3  މިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.

                    އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޑިސެންބަރު 2023
ހޯދާ