މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ވިންޑް ޓާބައިން ހަރުކޮށްފައިވާ ހުރި އެންޓަނާ ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލުން

         މިރަށު ކުރީގެ އިންޖީނުގޭ ގޯތީގައި ޔުނީޑޯގެ ފަރާތުން ޖަހާފައިވާ ވިންޑް ޓާބައިން ހަރުކޮށްފައިވާ އެންޓަނާ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި ނަންބަރު (IUL)311/311/2023/94 (03 ޑިސެމްބަރ 2023) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އަލުން ނީލަން ފެށޭ އަގު ކުޑަކޮށް އެފުރުޞަތު ވަނީ ހުޅުވާލަމެވެ.

                  ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 12:00 ގެ ކުރިން " ވިންޑް ޓާބައިން އެންޓަނާ" ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ .އެންޓަނާ ގަތުމަށް ބޭނުންވާ އަގު، މިއިދާރާއަށް ދުރުވެ ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ނުވަތަ މިއިދާރާއަށް މެއިލް ކުރެއްވުން އެދެމެވެ. ރަސްމީ  ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑާއި ވައިބަރ ކޮމިއުނިޓީގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު 48 ގަޑިއިރު ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ. ނީލަމުން ނަންގަވާ އެންޓަނާ ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރެވޭނެވެ. އަދި ފައިސާ ދެއްކުމަށްފަހު 30 ދުވަހުގެ ތެރޭގައި ދަނޑި ގެންދަންވާނެއެވެ.  

  • ވިންޑް ޓާބައިން އެންޓަނާ 60 ފޫޓްގެ (18 ފޫޓްގެ ހަރުގަނޑާއެކު)
  • ނީލަން ފެށޭ އަގު: 50,000.00 (ފަންސާސްހާސް ރުފިޔާ)
  • އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 1500.00 ( ފަނަރަ ސަތޭކަ ރުފިޔާ )                

                މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 4000311 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ނީލަމަށް އަގު ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެވެ.

21 ޑިސެންބަރު 2023
ހޯދާ