ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެރުފުންކުރުމާއި ގުޅިގެން ނަގާފައިވާ ވެލި ދޫކުރުމާއި ގުޅޭ

ނެރުފުންކުރުމާއި ގުޅިގެން ނަގާފައިވާ ވެލި ދޫކުރުމާއި ގުޅޭ

    މި ރަށު ނެރުތިލަވެ ހިކިދިޔައިގައި މުދާ ބަރުކޮށްގެން އަންނަ ދޯނި، ބޯޓު ފަހަރު ބަދަރަށްނުވަދެވި ގިނަ އިރު މަޑުކުރަން ޖެހުމުގެ ސަބަބުން  މިކައުންސިލާއި ލިއޯ ޓްރޭޑިންގ އާއި ގުޅިގެން  ނެރުފުންކޮށް ނަގާފައިވާ ވެލި ތިރީގައި މިދަންނަވާ ގޮތުގެ މަތިން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  1. 21 ޑިސެމްބަރ 2023 އިން 28 ޑިސެމްބަރ 2023 ގެ 09:00 ން މެންދުރު 14:00 ކައުންސިލް އިދާރާއަށް ހާޒިރުވެ ވެލި ނަގަން ނަންނޯޓް ކުރެވޭނެއެވެ.
  2. ކޮންމެ ގޭބީސީއަކަށް ވެސް  ނޯޓް ކުރެވޭނީ ގިނަވެގެން ފަހަރަކު 300 ބަސްތާ ވެލިއެވެ.
  3.  ބަސްތާއަކަށް 05 ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ.  އަދި އެ ގޭބީސީއަކުން ނަގާ ބަސްތާ ވެލި ކައުންސިލުން އުފުލައިދޭނެއެވެ.
  4. ވެލި އުފުލައިދެވޭނީ ވެއްޔަށްވާ ފައިސާ ކައުންސިލަށް ދެއްކުމުން ކައުންސިލުން ކަނޑައަޅާ ދުވަހެއްގައެވެ.
  5. ވެލި ދޫކުރާނީ ކުރަމުންދާ މަސައްކަތްތަކަށާއި، ފަށަން ތައްޔާރުވެފައިވާ މަސައްކަތްތަކަށެވެ.

                        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

07   ޖުމާދަލްއާޚިރާ   1445

 

 

21 ޑިސެންބަރު 2023
ހޯދާ