ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2023 ވަނަ އަހަރުގެ 26 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 20 ޑިސެމްބަރ 2023

ނަންބަރ: (IUL)327-A/327/2023/344

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ  19ޑިސެމްބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2023 ވަނަ އަހަރުގެ26  ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. ނައިފަރު މަސްމާރުކޭޓްގެ ދެކުނުފަޅީގައިވާ މަސްމާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރެވުނު ނަމްބަރ(IUL)327-A/327/2023/294  އިޢުލާނާއި ގުޅިގެން، ބިޑް އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ނައިފަރު މަސްމާރުކޭޓުގެ ދެކުނު ފަޅީގައިވާ ގޮޅި ނަންބަރު 4 އަދި 5 ، ބިޑް ހުށަހަޅާފައިވާ ހަމައެކަނި ފަރާތް ކަމުގައިވާ ކ. މާލެ ދަފްތަރު ނަންބަރު ރސ 2974 ، ޔޫސުފް އިބްރާޙިމަށް އެވޯޑްކުމަށް ފެންނަކަމަށް ނިންމުން.
  2. ނައިފަރު ކައުންސިލަށް ޑްރޯންއަކާއި ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަމްބަރ (IUL)327-A/327/2023/307 އިޢުލާނާއި ގުޅިގެން، ބިޑް އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ބިޑް ހުށަހަޅާފައިވާ ހަމަ އެކަނި ފަރާތްކަމުގައިވާ ބަހާގީ ޕވޓ ލޓޑ އިން ޑްރޯން އަދި ކެމެރާ ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވާތީ މި ފަރާތަށް ބިޑް އެވޯޑް ކުރަން ފެންނަކަމަށް ނިންމުން.
  3. ނައިފަރު ކައުންސިލްގެ އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ސަރަހައްދުތަކުގައި އުފެދޭ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ(IUL)327-A/327/2023/312  އިޢުލާނާއި ގުޅިގެން، ކަނޑައެޅިފައިވާ މަސައްކަތަށް ބަޖެޓް ކުރެވިފައިވާ ޖުމްލަ އަދަދަކީ ކޮބައިކަން ސާފުނުވާތީއާއި، މި ބިޑާއިމެދު ގޮތެއް ނިންމުމަށް، މި މަޢުލޫމާތު ބޭނުންވާހިނދު، މި މަސައްކަތަށް ކަނޑައެޅިފައިވާ ޖުމްލަ ބަޖެޓް  އިދާރީގޮތުން ސާފުކުރުމަށްފަހު އަލުން ބިޑް ކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުން.
  4. ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ހޯލްގެ ނުނިމިހުރި މަރާމާތުތަކުގެ ތެރެއިން ދޮރާއި ދޮރުފަތްތައް ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 4 ވަނަ ފަހަރަށް ކުރެވުނު ނަމްބަރ (IUL)327-A/327/2023/323 އިޢުލާނާއި ގުޅިގެން، ބިޑް އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް، މި ބިޑް ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                                 20 ޑިސެމްބަރ 2023

19 ޑިސެންބަރު 2023
ހޯދާ