ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސިސްޓަމްގެ އިންޑޯ ޔުނިޓްތަކާއި އައުޓްޑޯ ޔުނިޓްތައް ބަދަލުކުރުން

މިއޮފީސް ހިންގަމުންދާ ވެލާނާގެ 12 ވަނަ ފަންގިފިލާގެ ދެކުނުފަރާތު ވިންގުގައި ބޭނުންކުރަމުންދާ އެއަރކޮންޑިޝަން ސިސްޓަމްގެ އިންޑޯ ޔުނިޓްތަކާއި އައުޓްޑޯ ޔުނިޓްތައް ބަދަލުކުރުމަށް ބޭނުންވެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 03 ޖަނަވަރީ 2024، 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 04 ޖަނަވަރީ 2024، 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީވުމަށް މި އިޢުލާނުގެ ނަންބަރު ޖެހުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެހުމަށްފަހު [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު، 2024 ޖަނަވަރީ 04 ވަނަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ އެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހަޅާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

08 ޖުމާދަލްއާޚިރާ 1445

21 ޑިސެންބަރު 2023
ހޯދާ