މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ( ބަނދަރު ބެލެހެއްޓުން)

                                                

                                                      

                                                    

                                                        (IUL)337/337/2023/141 ނަންބަރ                                                       

 

އިޢުލާނު

                                                    

މަޤާމު:

ކައުންސިލް އެސިސްޓެންޓް ( ބަނދަރު ބެލެހެއްޓުން)

ބޭނުންވާ އަދަދު:

04 (ހަތަރެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް ( މިވަޒީފާއަކީ ސިވިލް ސާރވިސް ވަޒީފާއެއް ނޫނެވެ.)

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާއަށް ނަގާ މުއްދަތު

01 އަހަރު     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާފުށީ ކައުންސިލް އިދާރާ / ކ. މާފުށި

 

މުސާރަ:

-/3100ރުފިޔާ

ސަރވިސް އެލަވަންސް:  

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4- ސިވިލް  ސަރވިސް  މުވައްޒަފުންނަށް  ހަމަޖެހިފައިވާ  އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި  ލިބިލައްވާ -/1200ރުފިޔާ (މަހަކު)

5- ސިވިލް ސާރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ގޮތުގައި ލިބިލައްވާ -/1917 ރުފިޔާ (މަހަކު)

6- މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ( ރުފިޔާ)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ކުރުން.
  3. ބަނދަރަށް ވަންނަ އުޅަނދުތަކަށް ބަނދަރުން ޖާގަ ހަމަޖެއްސުމާއި، އުޅަނދުތައް އަޅަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައިކަން ކަށަވަރުކުރުން
  4. އުޅަނދުތަކަށް މުދާ އަރުވާ ބާލާއިރު، ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނެހެން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  5. އުޅަނދުތަކަށް މުދާ އަރުވާ ބޭލުމަށްފަހު، އެ ސަރަޙައްދު ރަނގަޅަށް ސާފުކުރުވުން.
  6. ތޮށިގަނޑުމަތީ އެއްވެސް ސަރަޙައްދެއްގައި މަސްކަނޑާނަމަ އެކަން މަނާ ކުރުން އަދި ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނައުން.
  7. ބަނދަރު ސާފުކުރާ މަސައްކަތު މީހުންނާއެކު ޓީމެއްގެ ގޮތުގައި ބަނދަރު ސަރަޙައްދު ސާފުތާހިރު އަދި ހިތްގައިމު ތަނަކަށް ހެދުމަށް މަސައްކަތްކުރުން.
  8. ބަނދަރުގެ ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ރީތިގޮތުގައި ނަސޭޙައްތެރިވުން، އަދި އެކަމެއް ތަކުރާރުވާނަމަ ކަމާގުޅޭ ސެކްޝަނަށް އެންގުމާއެކު ކައުންސިލާ ޙިއްސާކުރުން
  9. ނެރުބައްތި އަދި ބަނދަރުގެ މަގުބައްތިތަކުގެ މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަންހައްލުކުރުމަށް މަސައްކަތް ކުރުން.
  10. އޮޑިއެހެލާ ސަރަހައްދަށް އެހެލާ އޮޑިފަހަރުގެ މަޢުލޫމާތު ކައުންސިލަށް ރިޕޯޓްކުރުމާއި، އޮޑިއެހެލާ ސަރަހައްދުގެ ގަވާއިދު އަދި އުސޫލުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  11. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. ބަނދަރުގެ ލަފާ ފުރުމާއި މީހުން ފޭބުމަށް ޚާއްޞަ ކުރެވިފައިވާ ޞަރަޙައްދު ޚާއްޞަ ގޮތެއްގައި ބެހެލެހެއްޓުމާއެކު އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދު ފަހަރު އަޅާފައި ބޭއްވިޔަ ނުދިނުން.
  13. ބަނދަރު ފެހިކުރުމަށް ގަސްއިންދާ ހެއްދުމާއި، ބަނދަރުގައި ފިނިކޮށްލުމަށް މީހުން ތިބުމަށް ހެދިފައިވާ ހުންނަ ފިނި އަށި ގޮޑިފަދަ ތަކެތި ސާފްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވެފައިވާ ނަމަ މަރާމާތު ކުރުމަށް ކުރަންޖެހޭ ކަންކަން ކައުންސިލާ ގުޅިގެން ކުރުން
  14. ބަނދަރާއި، ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތަކުގައި ދިއްލުމަށް ޖަހާފައިވާބައްތިތައް ދިއްލޭތޯ ބެލުމާއެކު މަސްއަލަ ޖެހި މަރާމާތު ކުރަންޖެހިފައިވާބައްތި އެއް ވާނަމަ އެކަން ބެލުމާއި، ގަސްތަކުގެ ސަބަބުން ބައްތީގެ އަލިކަން ނުހުންނަ ތަންތަނުގެ ގަސްތައް ކޮށުމަށް ބާރުއަޅާ އެކަންކަން ކައުންސިލަށް އަންގާ ރަގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  15. ނެރުން ވަދެ ނިކުތުމަށް އުދަގޫވާގޮތަށް އަދި ބަދަރުތެރޭގައި އެކިގޮތްގޮތަށް ވައު އަޅާފަރާތްތައްވެސް ފާހަގަކޮށް އެކަންކަން ޙައްލުކުރުމަށް އެފަދަ ފަރާތްތަކަށް އެންގުން.
  16. ބަނދަރުގެ ބޭރު ތޮށިގަޑުގެ ޙާލަތާއި، އެއްގަމު ތޮށީގެ ހާލަތާއި، ޕޭމަންތްގެ ޙާލަތު 6 މަހުން 6 މަހުން ބަލާ މަރާމާތު ކުރަންޖެހޭނަމަ އެކަން ސްޕަވައިޒަރަށް ޙިއްސާކުރަމުން ގެންދިޔުން.
  17. އެއްވެސް ފަރާތެއްގެ އިހުމާލުން ބަދަރުގެ އެއްވެސް ދިމާލަކަށް ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ ވަގުތުން އެކަން ސްޕަވައިޒަރަށް ނުވަތަ ކައުންސިލަށް އެންގުން.
  18. އަދި މީގެ އިތުރުން ކައުންސިލުން އަންގާ މުނިސިޕަލް  ކަންކަން ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1- ލިޔަން ކިޔަން އެނގުން.

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަސައްކަތުގެ ދާއިރާ:

  • ފޮޅާ ސާފުކުރުން
  • ކްލެރިކަލް ސަޕޯޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( އިޢުލާނާއި އެކު ގެޒެޓުން ނުވަތަ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

 

5%

އިންޓަރވިއު

40%

ޖުމްލަ

100%

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 28 ޑިސެމްބަރ 2023 އާއި 31 ޑިސެމްބަރ 2023 އާއި ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640073 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

07 ޖުމާދަލްއާޙިރަ  1445

                                                   20 ޑިސެމްބަރ 2023

 

 

 

 

 

                             

20 ޑިސެންބަރު 2023
ހޯދާ