މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ބޮޑުކުރުމަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އޮފީސް އިމާރާތެއް ބޮޑުކުރުމަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ މިކުންފުނީގެ "ރޭންޕް އޮފީސް" އިމާރާތް ބޮޑުކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް، މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި/ނަމޫނާއާއި އެއްގޮތަށް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ފައުންޑޭޝަން އެޅުން، ސްޓީލް ސްޓަރަކްޗަރ ފެބްރިކޭޓްކުރުން، ފުރާޅުއެޅުން، ފްލޯރިން، ސީލިންކުރުން، ޕާޓިޝަންޖެހުން، އޭސީހަރުކުރުން، ސޮކެޓްއެޅުން، ލައިޓްހަރުކުރުން، ވަޔަރުކުރުން އަދި އިމާރާތުގެ ބައެއްތަންތަން ތެޅުންފަދަ މަސައްކަތްތައް ހިމެނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެންބަރު 28 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ. އަދި ބީލަންކާމިޔާބު ކުރުމައްޓަކައި "ސްޓީލް ސްޓަރަކްޗަރ ކޮންސްޓްރަކްޝަން"ގެ މަސައްކަތުގެ ތަޖުރިބާ ހުންނަންވާނެއެވެ.

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 ޖަނަވަރީ 03 ވާ ބުދަދުވަހުގެ ހެދުނު 11:30 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

     "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖަނަވަރީ 08 ވާ ހޯމަދުވަހުގެ ހެނދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 08 ވާ ހޯމަދުވަހުގެ ހެނދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

20 ޑިސެންބަރު 2023
ހޯދާ