މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމެންޑްމަންޓް 1 - މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ވެބްކޭމް، ހެޑްސެޓް އަދި ރޭމް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

އިއުލާން ނަމްބަރު: (IUL)475/475/2023/245

އިއުލާން އެމެންޑްމަންޓް 1

"މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ވެބްކޭމް، ހެޑްސެޓް އަދި ރޭމް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކޮމްޕިއުޓަރ ސިސްޓަމް، ވެބްކޭމް، ހެޑްސެޓް އަދި ރޭމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް 7 ޑިސެމްބަރ 2023 ގެ އި ކުރެވިފައިވާ ނަންބަރު(IUL)475/475/2023/236  އިއުލާނުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންގެ މައުލޫމާތަށްވަނީ ބަދަލެއްގެނެވިފައެވެ. މި އިޢުލާނާ އެކު ބަދަލުގެނެފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންއެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ހިމެނިފައިވާ އެމެންޑްމަންޓް މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު  11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]

ފޯން: 306982/3026975

 

20 ޑިސެންބަރު 2023
ހޯދާ