ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުޞަތު

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ޑްރައިވިންގޓްރެކްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ކައުންސިލްގެ ޑްރައިވިންގޓްރެކްގެ މަސައްކަތްކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޯމު މިއިޢުލާނާ އެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ބީލަންފޯމު ދޫކުރުން

  1. ބީލަން ފޯމް ބަލައިގަނެ ބިޑް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ  20 ޑިސެންބަރު 2023 ން ފެށިގެން 28 ޑިސެންބަރު 2023 ވަނަ ދުވަހުގެ މެންދުރުފަހު 2.00 ގެ ނިޔަލަށެވެ.  
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާއެވެ.
  3. ބީލަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ބީލަންފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިއިދާރާއަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ބީލަން ފޯމްތައް އެކަންޏެވެ.
  4. ބީލަން ފޯމަށް ފައިސާ ދެއްކޭނީ މި އިދާރާގެ ކައުންޓަރަށް ފައިސާ ދައްކައިގެންނާއި މިއިދާރާގެ އެކައުންޓް ނަންބަރު: 001 700293 7725 (1443 ރެވެނިއު 1) އަށް ފައިސާ ޖަމާ ކޮށްގެންނެވެ. އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ފައިސާ ދެއްކި ސްލިޕްކޮޅާއި ބިޑްފޯމު މެއިލް ކުރާނެ އީމެއިލް އެޑްރެސް 9686439 އަށް ވައިބަރ ކުރަންވާނެއެވެ. 

އަންދާސީ ހިސާބު ހުށަހަޅާނީ: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމަށެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ރައީސް، ޢަލީ ޙުސައިން 9655474 އަށް ގުޅުއްވައިގެންނާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

  1. ބިޑްފޯމް ބަލައިގަނެ ބިޑް ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީޚް: 28 ޑިސެންބަރު 2023 ވަނަ ދުވަހުގެ މެންދުރުފަހު 2:00
  2. އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚް: 31 ޑިސެންބަރު 2023 ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

7 ޖުމާދަލް އާޚިރާ 1445   

20 ޑިސެންބަރު 2023
ހޯދާ