މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ " މާފަރު " ލޯންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް 02 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ " މާފަރު " ލޯންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 200 ހޯސްޕަވަރގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިނީލަމުގައި ބައިވެރިވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނީލަމުގައި ބައިވެރިވުމަށްއެދި މިއިދާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން އީ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށެހެޅުއްވުން އެދެމެވެ. ނީލަމުގައި ރަޖިސްޓްރީވުމަށް އީ. މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ، [email protected]އަށެވެ. އީ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތްތަކަށް، ރަޖިސްޓްރީ ކުރެވުނުކަން އަންގައިދިނުމުގެގޮތުން އީ. މެއިލް މެދުވެރިކޮށް ރިޕްލައި ދިނުމާއެކު ނީލަމާއިބެހޭ ގައިޑްލައިން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން އީ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ މެއިލްއަށް ރިޕްލައި ނުލިބި، ނީލަމާއިބެހޭ ގައިޑްލައިން ނުލިބޭ ނަމަ އެފަރާތެއް ނީލަމުގައި ރަޖިސްޓްރީ ކުރެވުނުކަމަށް ނުބެލެވޭނެއެވެ.

ނީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން، NL04ފޯމު މެދުވެރިކޮށްނީލަމަށް އަގު ހުށަހަޅުއްވާނީ 07 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން މެންދުރުފަހު 13:00 ށް މިއިދާރާގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ މުވައްޒަފު މެދުވެރިކޮށް، އިދާރާގެ ލޮބީ ތެރޭގައި ބެހެއްޓިފައިވާ ފޮއްޓަށެވެ. ނީލަމަށް އަގު ހުށަހަޅުއްވާއިރު، ލޯންޗާއި، އިންޖީނުގެ އަގު ހަށަހަޅުއްވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކޮށް، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " މާފަރު ލޯންޗާއި،މާފަރު ލޯންޗުން ކުރިން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް  02 އިންޖީނާއެކު ނީލަމުގައި ބައިވެރިވުމަށް އެދި "މިހެން ލިޔަންވާނެއެވެ. ނީލަން ހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުން އަދި [email protected]މެއިލް ކުރެއްވުމުން ފޯމް ލިބިވަޑައިގަންނަވާނެއެވެ. މިނީލަމާއި ގުޅިގެން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން، އަގު ހުށަހަޅުއްވާއިރު މިއިދާރާގެ ފަރާތުން ދޫކުރާ NL04  ފޯމު ފިޔަވައި އެނޫން ފޯމެއްގައި އަގު ހުށަހެޅުއްވި ނަމަވެސް އެއަގެއް ބާޠިލް ކުރެވޭނެއެވެ.

ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހެޅޭ އެންމެމަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެމަތީ އަގު ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ، ޖެހިޖެހިގެން 48 (ސާޅީސް އަށެއް) ގަޑިއިރު އެއް އަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރާތާ ، ރަސްމީ 7 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި އެތަކެތި ގެންދަވަންވާނެއެވެ. ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ.  

ނީލަން ފެށޭއަގު: 500,000.00 (ފަސްލައްކަ ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 5000.00 ( ފަސްހާސް ރުފިޔާ )

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯންޗް އަދި އިންޖީނު ބަލާލުމުގެ އިންތިޒާމް 2023 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ނީލަން ނިމެންދެން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08.00 ން މެންދުރުފަހު 12:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                            07   ޖުމާދަލްއާޚިރާ   1445 

20 ޑިސެންބަރު 2023
ހޯދާ