މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މަޢުލޫމާތާއި ތަމްރީނުތައް ދޭނެ ފެސިލިޓޭޓަރުން ހޯދުމަށް ފުރުޞަތު ހުޅުވާލުން

މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މަޢުލޫމާތާއި ތަމްރީނުތައް ދޭނެ ފެސިލިޓޭޓަރުން ހޯދުމަށް ފުރުޞަތު ހުޅުވާލުން

                 މި މިނިސްޓްރީން ހިންގާ ޕްރޮގްރާމްތަކުގައި އެކި ދާއިރާތަކުން ނަގައިދޭ ސެޝަންތަކުގައި މަޢުލޫމާތާއި ތަމްރީނުތައް ދޭނެ ފެސިލިޓޭޓަރުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.

                 ވީމާ، މިޕޫލުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 ފެސިލިޓޭޓާރސް   ބޭނުންވާ

 ދާއިރާތަކާއި، އުޖޫރައާއި، ޝަރުޠުތައް

 ދާއިރާތައް:

 1. ވިޔަފާރިއާއި އިޤްތިޞާދު

 2. ހެލްތު އެންޑް ލައިފް ސްކިލް

 3. ޑިޖިޓަލް ސްކިލް

 4. ފައިނޭންޝަލް ލިޓްރެސީ

 5. ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ

 6. ސީ.ވީ ލިޔަން ދަސްކޮށްދިނުން

 7. އިންޓަވިއުއަށް ތައްޔާރުކޮށްދިނުން

 8. ކެރިއަރ ޕްލޭނިންގ

 9. ލީޑަރޝިޕް ސްކިލްސް

 10. ވޮލަންޓިއަރިޒަމް

 11. މޯޓިވޭޝަން

 12. ވާރކް އެތިކްސް

 13. ކަސްޓަމަރ ސަރވިސް

 14. ކެރިއަރ ގައިޑެންސް

 15. ސައިން ލެންގުއޭޖް

 16. ޑައިވިން އަދި ސްނޯކްލިންގް ސްކިލްސް

 މުއްދަތު

 މީލާދީ 2 އަހަރު

 އުޖޫރަ އަދި   ޝަރުޠު  (60   މިނިޓްގެ ކޮންމެ   ގަޑިއަކަށް)

 -/500 ރުފިޔާ

 ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވުން.

 -/450 ރުފިޔާ

 ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 -/350 ރުފިޔާ

 ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 -/250 ރުފިޔާ

 ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއިއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ސިޓީއާއި އެކު   ހުށަހަޅަން   ޖެހޭތަކެތި

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ (ކިޔަވައިދޭން ބޭނުންވާ ދާއިރާތައް ސިޓީގައި ބަޔާންކުރަންވާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. މަސައްކަތު ތަޖުރިބާގެ ލިޔުންތައް

 އިތުރު މަޢުލޫމާތު

 - ސެޝަންތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

 - އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ނަންބަރު 3347400 ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ އޮޅުންފިލުވަން 

 ބޭނުންވާ މަޢުލޫމާތު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.

 ސުންގަޑި:

 ޕޫލްއަށް އެޕްލައި ކުރައްވަން ބޭނުންފުޅުވާނަމަ 20 ޑިސެންބަރު 2023 އިން   ފެށިގެން https://forms.gle/CMRFKXbYdHExssGw8 ގޫގުލް ފޯމް ފުރުއްވުން އެދެމެވެ. އަދި ހުރިހާ ލިޔެކިޔުންތައް

 ތިރީގައިވާ އީމެއިލް އެޑްރެސްއަށް ޕީޑީއެފްކޮށް މެއިލްކޮށްދެއްވުން އެދެމެވެ.

 އީމެއިލް އެޑްރެސް

 [email protected]

 

                ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 ޑިސެންބަރު 2023
ހޯދާ