މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީއާއި އިކްއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާއަށް ބޭނުންވާ ބައެއް މެޝިނަރީއާއި އިކްއިޕްމަންޓް ސަޕްލައިކޮށް ދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު IUL)307/INDIV/2015/30)ފ(15 މާރިޗު 2015) އިޢުލާނުގައި މައްސަލަ ހުރުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިއިދާރާއިން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 01 ކެމެރާ، 01 ކޮމްޕިއުޓަރ ސިސްޓަމް، 01 ފިންގަރޕްރިންޓް ސްކޭނަރ އަދި ސައިންޕެޑެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 01 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:30 ގައެވެ. ޕްރޮޕޯޒަލް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯޒަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯޒަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯޒަލް ކަނޑައިބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާ އެއްގޮތަށް ހުށަހަޅާ ޕްރޮޕޯޒަލެއް ނޫނީ ބަލައެއްނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ