މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

އިއުލާން

"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި) ގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)475/475/2023/203އިއުލާނުގެ ބިޑިންގް ޑޮކިޔުމަންޓަށް ބަދަލުގެނެވިފައިވާވީ، އެ އިއުލާން ބާތިލްކޮށް ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި) ގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރީމެވެ.

ބިޑިންގ ޑޮކިއުމަންޓް:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް [email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]      

ފޯން: 306982/3026975

 

ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

19 ޑިސެންބަރު 2023
ހޯދާ