މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ވެއިޓިންގ އޭރިޔާ ހެދުމާއި ބެހޭ

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ އިމާރާތާއި ގުޅުވައިގެން ވެއިޓިންގ އޭރިޔާއެއް މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މީޓިންގ ހޯލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 01 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ މީޓިންގް ހޯލްއަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

06   ޖުމާދަލްއާޚިރާ 1445

19    ޑިސެމްބަރު  2023

19 ޑިސެންބަރު 2023
ހޯދާ