ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިމާކު މަރާތު ކުރުމާގުޅޭ

                     މި އިދާރާގެ ހައިމާކު މަރާމާތު ކުރުމަށް ކުރެވުނު ނަންބަރު (IUL)408-ESMS/408/2023/49 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. މި އިޢުލާނާއެކު "ހައިމާކު މަރާމާތު ކުރުމުގެ މަޢުލޫމާތު ކަރުދާސް" ޢާއްމުކުރެވިފައިވާނެއެވެ.

                     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2023  ޑިސެންބަރު 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ 6820007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި ވެހިކަލް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ޑިސެންބަރު 17 އިން 2023 ޑިސެންބަރު 25 ވަނަ ދުވަހުގެ 10:00 އާ ހަމައަށް ކޮންމެ ދުވަހެއްގެ ރަސްމީގަޑިގައި ބެއްލެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައި ވެއެވެ.

                     ވީމާ، ހައިމާކު މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. 

                     މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

14 ޑިސެންބަރު 2023
ހޯދާ