މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކައުންސިލް އެސިސްޓެންޓް (މުނިސިޕަލް ޔުނިޓް)

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-372892, J-372893

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

3100/-

ސަރވިސް އެލަވަންސް:

1000/-

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1200/- ރުފިޔާ (މަހަކު).
  2. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  6. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަގުމަތީގައި ޢާންމު އުނދަގޫވާ ގޮތަށް ހުންނަ ގަސް/ ރުއް ކޮށައި ސާފުކޮށް ކުނިގޮނޑަށް އުކާލުން
  4. އިޖުތިމާޢީ ސަރަހައްދު ތެރޭގައި ހިމެނޭ މަގުތަކާއި ބަނދަރު ސަރަހައްދާއި ކުޅިވަރު ކުޅޭ ސަރަހައްދު ކަމަށް ކަނޑައަޅާފައިވާ ތަންތަން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ސާފުކޮށް ބެލެހެއްޓުމާއި އިޖުތިމާޢީ ސަރަހައްދުނޫން ތަންތަން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން
  5. ކައުންސިލުން ހަމަޖައްސަވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކ.ދިއްފުށި ގޭބީސީތަކުންނާއި އާންމުތަންތަނާއި މުއައްސަސާތަކުގައި އުފެދޭކުނި ނެގުން.
  6. ކުނިކޮށްޓަށް ގެނެވޭ ކުނި ވަކިކުރުން.
  7. ރީސައިކަލް އަދި ރީސާލަބަލް ކުރެވިދާނެ ކުނިވަކިކޮށް ޖަމާކުރުމާއި ރިސައިކަލް ކުރެވިދާނެ ކުނި ކޮންޕެކްޓް ކުރުމުގެ މަސައްކަތް ކުރުން.
  8. ކުނިކޮށްޓާއި ކުނި އުފުލުމަށް ގެންގުޅޭތަކެތި ދޮވެ ސާފުކުރުން.
  9. ކުނިކޮށިން ބަނދަރަށް ނެރެންޖެހޭ ތަކެތި ބަނދަރަށް ގެންދިއުމުގެ މަސައްކަތް ކުރުން.
  10. ކުނިކޮށްޓާއި ކުނިކޮށްޓަށް ދިއުމަށް ހެދިފައިވާ މަގު ސާފުކޮށް ބެލެހެއްޓުމާއި ކުނިކޮށީގެ އެތެރޭގެ އެންމެހާ ސަރަހައްދުތަކާއި، ބޭރުމަގުފަޅި ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  11. ރަށުގެ މަގުތަކާއި އާންމު ބިންތަކާއި އިޖުތިމާއީ ސަރަޙައްދުތަކުގައި އަދި ބަނދަރުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓަށް ގެންދިއުމުގެ މަސައްކަތް ކުރުން
  12. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ރަށުގެ މަގުތައް ހުސްބިންތައް އިޖުތިމާޢީ ސަރަޙައްދުތަކާއި ބަނދަރުގައި ނުނަގާ ގިނަދުވަސްވެފައި ހުންނަ ތަކެތި ނެގުން
  13. ޤުދުރަތީ ޙާދިޘާއެއް ނުވަތަ އެނޫންވެސް ޙާލަތެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އިދާރާއިން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތަކު ކުރަންޖެހޭ ކަންކަން ކުރުން
  14. އިދާރާގެ ފަރާތުން ހިންގާ ކުނިނައްތާލުމުގެ ޕްރޮގުރާމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ގޭގެއާއި ތަންތަނުގައި އުފެދިފައި ހުންނަ ކުނި ގޭގެއާއި ތަންތަނުން ނެގުމާއި،  ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  15. ދަގަނޑާއި، ޕްލާސްޓިކް، ބިއްލޫރި، (ބަދިގެ) ކުނިވާޒާތުކުނި، އަދި ފަތް ކުނި ވަކިކޮށް، ފަސޭހައިން ޕިކަޕުގައި ގެންގުޅެވޭނެ ގޮތެއްގެމަތިން ޕިކަޕައް ކުނި ލޯޑްކުރުން.
  16. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ވަކިކުރާ ކުނީގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ބާވަތްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނިބެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގައި ތަރުތީބުކޮށް ބެހެއްޓުމުގެ މަސައްކަތް ކުރުން.
  17. ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދާ ދަޅާއި، ފުޅި، ދަޅުފިއްތާ މެސިނުންފިއްތުމާއި ޕެކުރުމުގެ މަސައްކަތް ކުރުން.
  18. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ޖަމާކުރެވިފައި ހުންނަ ކުނި ރަށުން ބޭރަށް ގެންދިއުމަށް، ކުނި ބަރުކުރުމުގެ މަސައްކަތް ކުރާ ދުވަސްތަކުގައި ކުނިގެންދާ ފަރާތުން އެދޭ އެންމެހައި މަސައްކަތްކުރުމަށް  އިދާރާއިން ހަމަޖައްސާ އުޞޫލާއި އެއްގޮތަށް އެފަދަ މަސައްކަތްތައް ކުރުން.
  19. ކުނި އަޅާ ސަރަހައްދުގައި ޖަމާކުރެވިފައި ހުންނަ ކުނި އަށި މައްޗަށް އަޅާ އެންދުން (ކުނި އަންދަންވާނީ މޫސުމައް ބެލުމަށް ފަހު ރަށުތެރެއަށް އަދި މީހުން ދިރިއުޅޭ ގޭގެއާއި ތަންތަނަށް ދުމުގެ އަސަރު ނުފޯރާނެގޮތެއްގެ މަތިންނެވެ.)
  20. އިދާރާގެ ފަރާތުން  ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ކުރުވުމަށް ކަނޑައަޅާ އިސްވެރިއެއްގެ ލަފާގެ މަތިން  ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  21. ޕިކަޕް ދުއްވުން (ޑުރައިވަރު ޗުއްޓީ، ސަލާމް،އޮފްގައި ހުންނަ ހާލަތުގައި، ލައިސެންސް އޮތްނަމަ)
  22. ކުނިކޮށްޓަށް ގެންދާކުނި ދުވަހުން ދުވަހަށް އެންދުމާއި، ދަގަނޑު، ބިއްލޫރި ފަދަ ތަކެތި ވަކިކޮށް އިދާރާއިން ދައްކާ ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރުން.
  23. ކުނި މެނޭޖްކުރުމާއިބެހޭ ޢަމަލީ މަސައްކަތްތައް ކުރުމާއި ކުނިމެނޭޖުކުރުމަށް ކައުންސިލުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ކުނި މެނޭޖުކުރުން.
  24. ކުނިމެނޭޖުކުރުމަށް ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތަށް ކުނިކޮށި ހުޅުވާ ލެއްޕުމާއި، ކުނިކޮށްޓަށް ގެންދާ ކުނި ބަލައިގަތުން.
  25. ކުނިކޮށްޓަށް ކުނިގެންދާ ފަރާތުން ކުނި ގެންދަނީ ކައުންސިލުން ކުނި ވަކިކުރަން އަންގާފައިވާ ބައިތަކަށްތޯ ބަލާ، އެގޮތަށް ޢަމަލުކުރުމަށް ކުނިގެންދާ ފަރާތްތަކަށް އެންގުމާއި، އުސޫލުތަކާއި ޚިލާފަށް ކުނި ގެންދާ ފަރާތްތަކުގެ މައްސަލަ ލިޔުމުން ކައުންސިލަށް ރިޕޯޓް ކުރުން.
  26. ވަކިވަކި ބައިތަކަށް ބައިކުރެވޭ ކުނިތަކުގެ ތެރެއިން ކުނިކޮށީގައި ނައްތާނުލެވޭ ކުނި ގުދަންކުރުމަށް ކުނިކޮށީގައި ޤާއިމްކުރެވިފައިވާ ސަރަހައްދުގައި ރައްކާތެރިގޮތުގައި ކުނި ގުދަންކުރުން.
  27. ކުނިމެނޭޖުކުރުމަށްޓަކައި ބޭނުންވާ ސާމާނުގެ ލިސްޓް އެކުލަވާލުމާއި، ތަކެތި ހޯދުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރުމާއި، އެމަސައްކަތަށް އެއްބާރުލުން ދިނުން.
  28. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުނިކޮށްޓަށް ގެންދެވޭ ކުނީގެ ތަފާސް ހިސާބު ބަލަހައްޓާ، ކައުންސިލަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  29. ކުނިކޮށީގެ ހާލަތު ރަނގަޅު ކުރުމާއި، ތަނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކުރުމުގައި ކައުންސިލަށް އެއްބާރުލުން ދިނުން.
  30. ކުނިކޮށީގައި އަންދައިގެން ނައްތާލާކުނި ނައްތާލުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރުމާއި، ކުނި ނައްތާލުމަށް ބޭނުންވާ ތަކެތި ދެނެގަނެ އެތަކެތި ހަމަކުރުމަށް ކައުންސިލާއި ގުޅިގެން މަސައްކަތްކުރުން.
  31. އަންދައިގެން ނައްތާލާ ކުނުމީގެ އަޅި ކައުންސިލުން އަންގާ ގޮތެއްގެ މަތިން މެނޭޖުކޮށް ބެލެހެއްޓުން.
  32. ކައުންސިލުން ހިންގާ ކުނި މެނޭޖުކުރުމާއި ގުޅުންހުރި ޕްރޮގްރާމްތަކަށް އެހީތެރިކަމާއި، އެއްބާރުލުން ދިނުން.
  33. ކައުންސިލުން ވަކި އިންތިޒާމެއްގެ ދަށުން ކުނި ނެގުމުގެ މަސައްކަތް ކުރިޔަށްގެންދާނަމަ، އެމަސައްކަތަށް އެއްބާރުލުން ދިނުމާއި ޙާއްސަ ކުނި ނެގުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސާނަމަ އެމަސައްކަތަށް އެއްބާރުލުން ދިނުން.
  34. ރަށުގައި ނައްތާނުލެވޭ ކުނި ރަށުން ބޭރަށް ގެންދިޔުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރުން
  35. ކުނިކޮށީގައި މެޝިނަރީސް ބޭނުންކުރާނަމަ އެތަކެތި އޮޕަރޭޓްކޮށް ބެލެހެއްޓުން.
  36. ކުނިކޮށީގައި ކުނި މެނޭޖުކުރެވޭ ގޮތުގެ މަޢުލޫމާތު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ލިޔެ ބެލެހެއްޓުން.
  37. އެހެން މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން އެމުވައްޒަފު ޗުއްޓީ/ ސަލާމް/ އާއިލީ ޒިންމާ ނެގުމުން ވެރިން އަންގާ ގޮތަކަށްކުރުން.
  38. ވަޒީފާ ބަޔާނުގައި ނެތްނަމަވެސް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށްޓަކައި، ޙާލަތު ނިޔާކުރާ ގޮތެއްގެމަތިން ހަވާލުކުރެވޭ މަސަތަކައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން

 މަޤާމުގެ މަސައްކަތު ދާއިރާތައް:

ޕޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

50

  1. އަސާސީ ޝަރުޠު ހަމަވުން

5

  1. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

  1. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

40

  1. އިންޓަރވިއު

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޑިސެންބަރު 26 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 2023 ޑިސެންބަރު 27 އާއި 2024 ޖަނަވަރީ 15 އާ ދެމެދު، މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640071 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

19 ޑިސެންބަރު 2023
ހޯދާ