ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ލަކުޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޖެޓީ މަރާމާތުކުރުމަށް ބޭނުންވާ ލަކުޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/4)ފ(04 ފެބުރުވަރީ 2015) އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ލަކުޑި ހަނިމާދޫ އެއަރޕޯޓަށް ސަޕްލައިކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 29 މާރިޗު 2015 (އާދީއްތަ) ދުވަހުގެ ހެނދުނު 11:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ލަކުޑިފިލާ (ބަލޯ) 2އިންޗި xފ8އިންޗި xފ16ފޫޓުގެ (އެދޭ އަދަދު: 62)
  • ލަކުޑިބެރި (ބަލޯ) 3އިންޗި xފ5އިންޗި xފ12ފޫޓުގެ (އެދޭ އަދަދު: 25)
  • ލަކުޑިފިލާ 2އިންޗި xފ6އިންޗި xފ10ފޫޓުގެ (ހާޑްވުޑް ނުވަތަ މިކްސް ހާޑްވުޑް، އެދޭ އަދަދު: 65)

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ