ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ޕޫލުތަކުގެ ފީއަށް ބަދަލު ގެނައުން

1 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން މި އެސޯސިއޭޝަނުގެ ބެލުމުގެ ދަށުން ރާއްޖޭގައި ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ޕޫލުތަކުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅު ކުރުމުގެ ގޮތުން އިތުރު ކޯޗުންނާއި އެކު މިވަނީ މަސައްކަތްތަކެއް ފެށިފައެވެ.

އަދި 1 ޖަނަވަރީ 2024ން ފެށިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފީއަށް ބަދަލު ގެނައުމަށް މި އެސޯސިއޭޝަނުން ނިންމާ އެކަން ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

1 ޖަނަވަރީ 2024ން ފެށިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިމެނޭ ޕޫލުތަކަށް ފީ ނަގާނެގޮތް

1

ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް

މަހަކަށް -/200 (ދުއިސައްތަ ރުފިޔާ)

2

ޖޫނިއާ ޕޫލް

މަހަކަށް -/300 (ތިންސަތޭކަ ރުފިޔާ)

18 ޑިސެންބަރު 2023
ހޯދާ