މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓް (އެމްސީޖީޕީ)

ރިފަރެންސް ނަންބަރު: MV-MOF-MV-396237-CS-INDV

ލޯން/ކްރެޑިޓް/ގްރާންޓް ނަންބަރު: IDA-73050, IDA-E1690

 

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓް (އެމްސީޖީޕީ) އަކީ، އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިން (އައިޕީއެފް) މެދުވެރިކޮށް ޕާފޯމަންސް ބޭސްޑް ކޮންޑިޝަންސް (ޕީބީސީ) އާއި އެކު ވޯލްޑް ބޭންކްއިން ފައިނޭންސް ކުރާ އާ އިންވެސްޓްމަންޓް ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ އިމްޕްލިމެންޓިންގް އޭޖެންސީގެ ގޮތުން ޕްރޮޖެކްޓްގެ މަސައްކަތްތައް ވިލަރެސްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ޤާއިމްކުރާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތް ކުރުމަށް ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އެއް ނެގުމަށް ބޭނުންވެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި، މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ތަޖުރިބާ އަދި ތަޢުލީމީ ފެންވަރާއި އަދި މުސާރައިގެ މަޢުލޫމާތުތައް، މި މަޤާމުގެ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) ގައި ހިމެނިފައިވާނެއެވެ.

ފައިނޭންޝަލް މެނޭޖްމަންޓް ސްޕެޝަލިސްޓްގެ ޚިދުމަތް، ޕްރޮޖެކްޓް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚް ކަމަށްވާ 30 ޖޫން 2028 ގެ ނިޔަލަށް ބޭނުންވާނެއެވެ. މި ކޮންޓްރެކްޓް ފެށޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އަދި މި މަޤާމުގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި 3 (ތިނެއް) މަސްދުވަސް ބަލާނެއެވެ.

ވީމާ، މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

މުޙައްމަދު ޖިލާއު މޫސާ،

ޕްރޮޖެކްޓް ޑިރެކްޓަރ،

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓް

މާލީ ވުޒާރާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 9150 334 (960)

އީމެއިލް: [email protected]

18 ޑިސެންބަރު 2023
ހޯދާ