ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަނބޫދޫ އިޖުތިމާޢީ ޞަރަޙައްދުތަކާއި އަވަށް ބޭރު މަގުތައް 2024 ވަނަ އަހަރު ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ދަރަނބޫދޫ އިޖުތިމާޢީ ސަރަހައްދުތަކާއި، އަވަށް  ބޭރު މަގުތައް  2024ވަނަ އަހަރު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން

ދަރަނބޫދޫ އިޖުތިމާޢީ ޞަރަޙައްދުތަކާއި، އަވަށްބޭރު މަގުތައް، 2024 ވަނަ އަހަރު ކުނިކަހައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2023 ޑިސެންބަރު 26ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 31 ވާ އާދީއްތަ ދުވަހުގެ 13:30ގައި މި އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބިޑްގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ، ކޮމެޓީތަކުގެ ނަމުގައި ބީލަން ހުށަހަޅާނަމަ، ބީލަން ހުށަހަޅަން ވަޑައިގަންވާއިރު، އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަން ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ބީލަން ހުށަހަޅާ ފޯމްގައެވެ. ފޯމެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ)އެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޑިސެންބަރު 2023
ހޯދާ