ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި އަލަށް ހަދާ އޮފީސް އިމާރާތަށް ފަރުނީޗަރ ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިސްކޫލްގެ އަލަށް ހަދާ އޮފީސް އިމާރާތަށް ފަރުނީޗަރ ޖަހައިދީ ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން: GS70/IUL/2023/33 ( 05 ޑިސެމްބަރ 2023 ) އާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ

2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 17 ޑިސެމްބަރ 2023 ން 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް " ބީލަން ރަޖިސްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ދެވިފައިވާ ސުންގަޑި ހަމަވުމަށްފަހު ރަޖިސްޓްރީ ކުރުމަށް ހުށަހެޅިނަމަވެސް އެ ހުށަހެޅުމެއް ބަލައިނުގަނެވޭނެއެވެ. ބިލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 ލިންކް:   https://forms.gle/ChwyDkznRYD7Epgd7

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2023 ޑިސެމްބަރ 20 ވާ ބުދަ ދުވަހުގެ  14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2023ޑިސެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 9:30 ގައި މިސްކޫލްގައެވެ.

5. މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.     

      ކެޔޮދޫ ސްކޫލް

       ވ. ކެޔޮދޫ، ދިވެހިރާއްޖެ.

      ފޯން:  6700804 ، 7468184   

     އީ-މެއިލް: [email protected]

17 ޑިސެންބަރު 2023
ހޯދާ