ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ޓީމް މެނޭޖް ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިޢުލާން

 

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ޓީމް މެނޭޖް ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                       ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ފުޓްސަލް ޓީމް މުބާރާތައް ތައްޔާރު ކުރުމާއި، މުބާރާތުގެ މެޗު ތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމް ތައް ހަމަ ޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމް ގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯށަލް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00އެވެ.

‏                       5‏ ޖުމާދަލްއާޚިރާ‏ 1445

                       ‏17‏ ޑިސެމްބަރ‏ 2023

17 ޑިސެންބަރު 2023
ހޯދާ