ދިވެހިރާއްޖެ
މިރަށުގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2023 ވަނަ ދުވަހުގެ 11:00 ގެކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި
"ވ. ފެލިދޫ އައުޓްޑޯ ވޮލީކޯޓް މަރާމާތުގެ މަސައްކަތްކުރުން" މިހެން ލިޔެ އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
20 ޑިސެންބަރު 2023 |
ބުދަ |
11:00 |
ފެލިދޫ ކައުންސިލްގެ އިދާރާ |
ބިޑް ހުށަހެޅުން |
24 ޑިސެންބަރު 2023 |
އާދީއްތަ |
11:00 |
ފެލިދޫ ކައުންސިލްގެ އިދާރާ |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- ތަޖުރިބާ: ނިންމާފައިވާ އެންމެބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާގެ ލިޔުމަށް ލިބޭނީ
ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. ތަޖުރިބާއަށް މާކްސް ދެވޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅުއްވާފައިވާ ލިޔުންތަކަށެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.