ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހައިޑްރޯޕޯނިކްސް ޕްރޮޖެކްޓް ގެ ފީލްޑް އޮފިސަރ

އިޢުލާން

ލޯކަލް ކޮންސަލްޓަންސީ ދިނުމުގެ ފުރުޞަތު:

މަޤާމު:

ހައިޑްރޯޕޯނިކްސް ޕްރޮޖެކްޓުގެ ފީލްޑް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް ސައިންސް / ލ. ކެމްޕަސް

ބާވަތާއި މުއްދަތު:

8 މަސް ދުވަސް (ކޮންޓްރެކްޓް މަޤާމެއްގެ ގޮތުގައި)

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހަފުތާއަކު 7 ދުވަހު، ދުވާލަކު 6 ގަޑިއިރު (2 ދަންފަޅިއަކަށް ބަހައިލައިގެން)

ވަޒިފާއަށް ބޭނުންވާ ތަޢުލީމީ ޢިލްމީ ސިފަތަކާއި ތަޖުރިބާ:

 

  • ދަނޑުވެރިކަމުގެ ދާއިރާއިން ކުރު ތަމްރީން ޕްރޮގްރާމެއް ހަދާފައިވުމާއެކު، އެ ދާއިރާގައި ޢަމަލީ މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހު އުޅެފައިވުން.
  • ފީލްޑް މަސައްކަތުގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަންހުރި ފަރާތަކަށްވުން.
  • ހައިޑްރޯޕޯނިކްސް / ގުރީންހައުސް ޓެކްނޮލޮޖީއާ ގުޅޭ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅުމަށް ޝައުޤުވެރިކަންހުރި އަދި އިނގިރޭސިބަހުން އާދައިގެ މިންވަރަކަށް ލިޔަން ކިޔަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޯޕޯނިކްސް ރިސާރޗް ޕްރޮޖެކްޓްގެ މަސައްކަތް އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިކަން ދިނުން.
  • ޕްރޮޖެކްޓްގެ އިސްފަރާތްތަކާއެކު އަދި ލޯކަލް ކޮންސަލްޓަންޓާއެކު މަސައްކަތްކުރުމާއި، ހެދޭ ޕްލޭނާ އެއްގޮތަށް މަސައްކަތް ހިންގުމުގައި އެހީތެރިވެދިނުން.
  • މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި ބޭނުންކުރާ އިކުއިޕްމަންޓް، ކޮންސިޔުމަބަލްސްއާއި، ޓޫލްސްއާއި، މެޝިނަރީއާއި އެހެނިހެން ސާމާނު ރައްކާތެރިކޮށް ބެލެހެއްޓުމާއި، އެއާ ގުޅޭ ކަންކަމުގައި އެހީތެރިކަން ދިނުން.
  • ސައިޓް ސެޓްކުރުމާއި، މަސައްކަތް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ދިނުން.
  • ސައިޓުން އެއްކުރެވޭ ޑޭޓާ އެއްކުރުމުގައި އެހީތެރިވުމާއި، ނެގޭ މަޢުލޫމާތު ރެކޯރޑްކޮށް ފޮނުވުމުގައި އެހީތެރިވެދިނުން.
  • ދަނޑުވެރިންނަށް ތަމްރީން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ދިނުމަށް އެދެވޭ ކަންކަމުގައި އެހީތެރިވެދިނުން
  • ޕްރޮޖެކްޓް ހިންގުމުގައި ޔުނިވަރސިޓީގެ ފަރާތުން ހަރަކާތްތެރިވާ ޓީމަށް އެހީތެރިކަން ދިނުމާއި، މަޝްވަރާކުރުމާއި، ދަތިކޮށް ދިމާވާ ކަންކަން ޙައްލުކުރުމުގައި އެހީތެރިކަން ދިނުން.

މުސާރައާއި އުޖޫރަ

  • މަހަކު -/6000 ރުފިޔާ

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، މި ދާއިރާއިން ކޮށްފައިވާ މަސައްކަތްތައް ދެނެގަނެވޭފަދަ ގޮތަކަށް ބަޔާންކޮށްފައިވާންވާނެއެވެ. މިގޮތުން، ދަނޑުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ތަޖުރިބާއާއި، ޢަމަލީގޮތުން ކޮށްފައިވާ މަސައްކަތްތައް ސާފުކޮށް ބަޔާންކޮށްވާފައި ވާންވާނެއެވެ.

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 25 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ލ. ގަން ކެމްޕަހުގެ އޮފީހަށް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7788319، 3345119 ނަންބަރު ފޯނާއެވެ.

28 ޖުމާދަލްއޫލާ 1436


19 މާރިޗު 2015
ހޯދާ