އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް ބައި-އިލެކްޝަން - ވ. ރަކީދޫ

(IUL)38-AC/38/2023/512 :ނަންބަރު

އިޢުލާން

ލޯކަލް ކައުންސިލް ބައި-އިލެކްޝަން

މި ކޮމިޝަނުގެ ނަންބަރު :(IUL)38-CA/38/2023/481 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 

 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ. 

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ޢާއިޝަތު ޒިއުނާ ޒަމީރު

ބްރެޒިލް، ވ. ރަކީދޫ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

16 ޑިސެންބަރު 2023
ހޯދާ