މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާއި މަނާ ކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 30 ނޮވެންބަރު 2023 ވީ ބުރާސްފަތި ދުވަހު ނެރެފައިވާ ޤަރާރު ނަންބަރު (13/2023) އާއި ހަވާލާދީ ދަންނަވަމެވެ.

ޤާނޫނު ނަންބަރު: 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) އަދި ޤާނޫނު ނަންބަރު: 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓުގެ ޤާނޫނު)ގެ 07 ވަނަ މާއްދާގެ (ދ)ގެ ދަށުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރުމަށް ކަނޑައަޅާފައިވާ ޤަރާރަށް ވަނީ އިސްލާހު ގެނެވިފައެވެ.

ޤަރާރަށް ގެނެވިފައިވާ ބަދަލު

ޤަރާރުގައި ކުރިން ގެނެސްފައިވާ ގޮތުންނަމަ، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަނދުކޮށްފައި ހުންނަ ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޙެއްގެ ގޮތުގައި ބަޔާންކުރެވިފައިވަނީ 1 ޑިސެންބަރު 2023 ކަމާއި، ބާޒާރަށް ނެރުން މަނާކުރާތާރީހެއްގެ ގޮތުގައި، ޤަރާރުގައި ކުރިން ގެނެސްފައިވާ ގޮތަކީ 1 މާރޗް 2024 އެވެ. ނަމަވެސް އެޤަރާރަށް ބަދަލު ގެނެސް، މިހާރު ޤަރާރުގައި ގެނެސްފައިވާ ގޮތުންނަމަ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރަން ހަމަޖެހިފައިވާ ތާރީޙެއްގެ ގޮތުގައި ގެނެސްފައިވަނީ  1 އޯގަސްޓް 2024 ކަމާއި، ބާޒާރަށް ނެރުން މަނާކުރާތާރީހެއްގެ ގޮތުގައި، ޤަރާރުގައި މިހާރު ގެނެސްފައިވާ ގޮތަކީ 1 ނޮވެންބަރު 2024 ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އެހެންކަމުން، 1 ނޮވެންބަރު 2024 އިން ފެށިގެން 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމުގައި ދަންވަމެވެ. އަދި މި އިޢުލާނާއި އެކު، ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެނެސްފައިވާ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓް ކަނޑައަޅާފައިވާ ޤަރާރު ހިއްސާކުރަމެވެ.

ވީމާ، އާންމުންނަށާއި ވިޔަފާރީގައި މަސްޢޫލުވެ އުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި، އަދި އަމަލުކުރުމަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01   ޖުމާދަލްއާޚިރާ    1445

14   ޑިސެންބަރު     2022

14 ޑިސެންބަރު 2023
ހޯދާ