މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
24 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް އަދި އަންތާލިޔާ ސްޓޭޓް ތިއޭޓަރ ފެސްޓިވަލް 2024 (ތުރުކީ) ގައި ބައިވެރިވުމަށް ހުޅުވާލުން

"24 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް އަދި އަންތާލިޔާ ސްޓޭޓް ތިއޭޓަރ ފެސްޓިވަލް 2024 (ތުރުކީ) ގައި ބައިވެރިވުމަށް ހުޅުވާލުން" 

                      ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ގެ މަސައްކަތުގެ ތެރެއިން ފަންނުވެރިކަމުގެ ދާއިރާއިން އަރަމުން އަންނަ ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުގެ މަތިން ތުރުކީގެ ތްރާބްޒޮން ސްޓޭޓް ތިއޭޓަރ އިން 2-15 މެއި 2024 އަށް އިންތިޒާމް ކުރައްވާ 24 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް އާއި އަންތާލިޔާ ސްޓޭޓް ތިއޭޓަރ އިން 17-27 މެއި 2024 އަށް އަންތާލިޔާ 14 ވަނަ އިންޓަރނޭޝަނަލް ތިއޭޓަރ ފެސްޓިވަލްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ދަޢުވަތު ލިބިފައެވެ. 

ވީމާ، މި ދެ ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން ކޮށް ހުށަހެޅުން އެދެމެވެ. އަދި މި ދެ ފެސްޓިވަލާއި ބެހޭ މަޢުލޫމާތާއި އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މައުލޫމާތު ތިރީގައި މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

24 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖެނުއަރީ 2024ގެ ކުރިން  އޮންލައިން ކޮށް ހުށަހެޅުން އެދެމެވެ.

އެޕްލިކޭޝަން ލިންކް : https://forms.gle/83WBvhFMZXs5juw48

އަންތާލިޔާ ސްޓޭޓް ތިއޭޓަރ ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖެނުއަރީ 2024ގެ ކުރިން  އޮންލައިން ކޮށް ހުށަހެޅުން އެދެމެވެ.

އެޕްލިކޭޝަން ލިންކް : https://forms.gle/XSacxhHLXx4kPYHD7

                      ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           

14 ޑިސެންބަރު 2023
ހޯދާ