ދިވެހިރާއްޖެ
|
އެއްވަނަ ބާބު ފެށުން
|
|||
ތަޢާރަފާއި ނަން |
1. |
(ހ)
|
މިއީ، ނ.ވެލިދޫ ކައުންސިލްގެ އިދާރާއިން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައިވާ ނަންބަރު2015/R-85 "އޮޑިހަރުގެއާބެހޭ ޤަވާޢިދު" ގެދަށުން އެކުލަވާލެވިފައިވާ އުޞޫލެކެވެ.
|
|
|
|
(ށ) |
މި އުޞޫލަށް ކިޔާނީ، "އޮޑިހަރުގެއާބެހޭ ޢާންމު އުޞޫލު" އެވެ. |
|
ޢަމަލުކުރަން ފަށާ ތާރީޚް |
2. |
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 12 ޑިސެންބަރު 2023 ގައެވެ. |
|
|
|
|
|
|
|
|
|
|
|
ދެވަނަ ބާބު
އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުން
|
|
|
|
އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުން |
3. |
(ހ)
(ށ)
(ނ)
(ރ) |
ވިޔަފާރި އުޞޫލުން އޮޑިފަހަރު ބަނުން ފިޔަވައި، އޮޑިފަހަރު ބަނުމާއި މަރާމާތުކުރުމަށް، އޮޑިހަރުގެ އެޅުމަށް ރަށުން ބިންދޫކުރެވޭނީ، ނ.ވެލިދޫ ސިނާޢީ ސަރަޙައްދުން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުން، ހުސްބިން އޮތް ނިސްބަތަކުން އެކަމަށް އެދޭ ފަރާތްތަކަށެވެ. މިމާއްދާގެ (ހ) ގައިވާ އޮޑިހަރުގެ އެޅުމަށް ބިން ދިނުމުގައި އިސްކަން ދޭންވާނީ އޮޑިހަރުގެ ދޫކުރުމަށް އިޢުލާން ކުރުމުން އެކަމަށް އިޖާބަދީ ކުރިމަތިލާ ފަރާތްތަކުން ބީލަމަށް ހުށަހަޅާ އަގު، މުއްދަތު، މަސައްކަތު ޕްލޭން އެކުލަވާލާފައިވާ ގޮތަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވޭނީ އެއޮޑިހަރުގެއެއް އެޅުމަށް ނަގާ ބިމުގެ ނިސްބަތުން، ބިމުގެ ކޮންމެ އަކަފޫޓަކަށް މަހަކު -/0.80 (އަށްޑިހަ ލާރި) ގެ ރޭޓުން ފެށިގެން ނެގޭ ކުއްޔަކަށެވެ. މިއުޞޫލުގެ ދަށުން އެއްވެސް ފަރާތަކަށް ބިމެއް ޙަވާލުކުރަންވާނީ ކައުންސިލް އިދާރާއާއި ބިން ޙަވާލުކުރެވޭ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
|
އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވޭ މުއްދަތު |
4. |
(ހ) |
އުޅަނދެއް އަލަށް ބަނުމަށް ހަރުގެ އެޅުމަށް ބިން ދޫކުރެވޭނީ ގިނަވެގެން 24 (ސައުވީސް) މަސް ދުވަހުގެ މުއްދަތަށެވެ. މިމުއްދަތު ކަނޑައަޅާނީ މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައި ކައުންސިލް އިދާރާއިންނެވެ. |
|
|
(ށ) |
ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ މަރާމާތުކުރުމަށް ބިން ދޫކުރުމުގައި މުއްދަތު ކަނޑައަޅާނީ ބިމާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތާ ޚިލާފުނުވާ ގޮތުގެމަތިން ކައުންސިލް އިދާރާއިންނެވެ. |
|
|
|
|
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އޮޑިހަރުގެ އެޅުން
|
5.
|
(ހ)
(ށ) |
ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއްގައި އޮޑިހަރުގެ އެޅުމަކީ މަނާކަމެކެވެ. (އޮޑިހަރުގެއެއް ކަމަށް މިމާއްދާގައި ބުނެފައި އެވަނީ އޮޑިދޯނިފަހަރު ބަނދެ މަރާމާތުކުރުމަށް ހެދޭ އަދި ބޭނުންކުރަމުންދާ ކޮންމެ ތަނަކަށެވެ.) މިމާއްދާގެ (ހ) ގައި ބުނެފައިވާފަދަ ޢަމަލެއް ކޮށްފި މީހަކަށް ފުރަތަމަ ފަހަރު ނަސޭޙަތްތެރިވުމުން އެކަން އިޞްލާޙްނުކޮށް ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/1،000 (އެއްހާސް ރުފިޔާ) އާއި -/10،000 (ދިހަހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާ ކުރުމާއިއެކު، ކައުންސިލް އިދާރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖުރުމާނާ ދެއްކުމަށް އަންގައި، އެހަރުގެ ނެގުމަށް އެންގޭނެއެވެ. |
ބިން ވަކިކުރުން |
6. |
(ހ)
(ށ) |
އެއްވެސް ފަރާތަކަށް ހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމެއް، ހަރުގެ އެޅުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ނުވަތަ މިއުޞޫލާއި ޚިލާފުވެއްޖެނަމަ، އެއްބަސްވުން ނުވަތަ ޤަވާޢިދާއި ޚިލާފަށް ކޮށްފައިވާ ކަންތައްތައް ސާފުކޮށް ލިޔުމުން ބަޔާންކޮށް، އެކަންކަން އިޞްލާޙްކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
މިމާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެކަމެއް އިޞްލާހްކޮށްފައި ނުވާނަމަ، ނުވަތަ އެއްފަހަރަށްވުރެ ގިނަފަހަރު އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަކާއި، ޚިލާފުވީ ގޮތާއި، ބިން ވަކިކުރާ ސަބަބު ބަޔާންކޮށް ލިޔުމަކުން އެންގުމަށްފަހު، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެފަރާތެއްގެ ކިބައިން ބިން ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ. |
|
|
|
|
ކައުންސިލް އިދާރާއާއި ބިން ޙަވާލުކުރުން |
7. |
(ހ) |
އޮޑިހަރުގެ އެޅުމަށް ކުއްޔަށްދެވޭ އެއްވެސް ބިމެއްގައި ދާއިމީ ބިނާއެއް ކޮށްގެން ނުވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިން މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާއި ގުޅިގެން ދޫކޮށްލާނަމަ، އެބިން ޙަވާލުކުރަންވާނީ ނުވަތަ ދޫކޮށްލަންވާނީ، އެބިން ޙަވާލުވެފައިވާ ފަރާތުން އެބިމުގައު އަޅާފައިވާ ހަރުގެ ރޫޅައި ބިން ސާފުކުރުމަށް ފަހުގައެވެ. |
|
|
(ށ)
(ނ) |
އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ކަނޑައެޅިފައިވާ މުއްދަތުގައި މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޙަވާލުކޮށްފައި ނުވާނަމަ އެކަން ބަލައި، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިޞްލާޙްކުރުމަށް އެންގުމާއެކު، ފުރަތަމަ ފަހަރު -/5،000 (ފަސްހާސް ރުފިޔާ) އާއި -/15،000 (ފަނަރަހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާކުރުން؛ ދެވަނަ ފަހަރު -/15،000 (ފަނަރަހާސް ރުފިޔާ) އާއި -/25،000 (ފަންސަވީސްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާކުރުން؛ ތިންވަނަ ފަހަރު -/25،000 (ފަންސަވީސްހާސް ރުފިޔާ) އާއި -/35،000 (ތިރީސްފަސްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާކުރުމުގެ އިޚްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ. މިމާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އެހަރުގެ ނަގަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެހަރުގެ ކައުންސިލް އިދާރާއިން ނަގައި އެކަމަށް ހޭދަވީ ޚަރަދު އެބިން ކުއްޔަށް ހިފާފާއިވާ ފަރާތުން ހޯދުމުގެ އިޚްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.
|
އޮޑިހަރުގެ އެޅުމަށް އެކަމަށް އެދިފައިވާ ފަރާތާއި ބިން ޙަވާލުކުރުން |
8. |
(ހ) |
އޮޑިހަރުގެ އެޅުމަށް ދޫކުރެވޭ ބިމަށް ހެދޭ އެއްބަސްވުމުގައި ސޮއިކުރާތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ބިން ކުއްޔަށް ހިފާ ފަރާތާއި ބިން ޙަވާލުކުރަންވާނެއެވެ.
|
އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިން ސާފުތާހިރުކޮށް ބެލެހެއްޓުން |
9. |
(ހ) |
އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ބިމާއި ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން ހަރުގޭގައި އުފެދޭ ކުނި، ވެލިދޫ ކައުންސިލް އިދާރާގެ ކުނި ނައްތާލުމުގެ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކުނީގެ ބައިތައް ވަކިކޮށް، ކުނީގެ ޚިދުމަތުގައި ރަޖިސްޓްރީވެ، އަދި ރަޖިސްޓްރީނުވާނަމަ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރަށް ކުނި އުކާލުމަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލުމަކީ ބިމާއި ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ. |
|
|
|
|
ތިންވަނަ ބާބު
އެހެލާ ބޭލުމަށް ބިން ދޫކުރުން
އެހެލާ ބޭލުމަށް ބިން ދޫކުރުން |
10. |
(ހ) |
އެއްވެސް އުޅަނދެއް ކުރުމުއްދަތަކަށް އެހެލަންވާނީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން ނ. ވެލިދޫ ސިނާޢީ ސަރަޙައްދުން އުޅަނދުފަހަރު އެހެލާ ބޭލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައެވެ. ހުއްދައަށް އެދި ހުށަހަޅާނީ ކައުންސިލް އިދާރާއިން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމެވެ. (ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. ހުއްދައަށް އެދި ހުށަހަޅާ ފޯމް މިޤަވާޢިދުގެ ޖަދުވަލްގައި ބަޔާންކުރެވިފައިވާނެއެވެ.)
|
އެހެލާ ބޭލުމަށް ބިން ދޫކުރާ މުއްދަތު |
11. |
(ހ) |
ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާބޭލުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް އެހެލާ އެއްވެސް އުޅަނދެއް އެހެލާފައި ބެހެއްޓޭނީ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން އެއްބަސްވެވިފައިވާ މުއްދަތުގައި މަސައްކަތް ކުރުމަށް އުޒުރުވެރި ވެއްޖެނަމަ، ސަބަބު ބަޔާންކޮށް ކައުންސިލްގ އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ކައުންސިލް އިދާރާއިން އެކަން ބެލުމަށްފަހު އެއީ، މަޤުބޫލު އުޒުރެއް ކަމަށްވާނަމަ އެކަށީގެންވާ މުއްދަތެއް އިތުރުކޮށްދެވިދާނެއެވެ. |
|
|
|
|
އެހެލާ ބޭލުމަށް ދޫކުރާ ބިމުގެ ކުލި |
12. |
(ހ) |
10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަޙައްދަށް އެހެލާ ވެލިދޫ ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އެއްވެސް އުޅަނދަކަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ކުއްޔެއް ނުނެގޭނެއެވެ. ރަށުންބޭރު ރަޖިސްޓްރީގައިވާ އުޅަނދެއްނަމަ އެހެލާ ދުވަހުން ފެށިގެން ކުލިނެގޭނެއެވެ. އަދި ރަށުގެ ރަށްވެހިންގެ އުޅަނދުފަހަރުވެސް 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވާ ދުވަސްތަކަށް ކުލިނެގޭނެއެވެ. (ރަށްވެހިންގެ އުޅަނދުގެ ގޮތުގައި ބެލެވޭނީ މިރަށުގެ ރަޖިސްޓްރީއަށް ބަދަލުވެފައިވުމުން، ނުވަތަ ވިއްކި / ދިން ކަމުގެ ލިޔުމާއި އެކު އުޅަނދުގެ ރަޖިސްޓްރީ ހުށަހެޅުމުންނެވެ.) |
|
|
(ށ) |
މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އުޅަނދުފަހަރަށް ކުލި ނަގާނީ އުޅަނދުގެ ރަޖިސްޓްރީގައިވާ މިންތަކަށް އަކަފޫޓް ބަލައި، އަކަފޫޓަކަށް ދުވަހަކަށް -/1 (އެއް ރުފިޔާ) ގެ ރޭޓުންނެވެ. އަދި އުޅަނދު ހިޔާކުރަން ބޭނުންވެއްޖެނަމަ މި އުޞޫލުގެ ޖަދުވަލްގައި ހިމެނިފައިވާ ފޯމްގައި އެކަން ބަޔާންކުރަންވާނެއެވެ. |
|
|
(ނ) |
ބިންހުސްކޮށް ކައުންސިލް އިދާރާއާއި، ޙަވާލުކުރާއިރު ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮވެއްޖެނަމަ އެފައިސާ ދައްކާ ނިމެންދެން ނުވަތަ ޝަރީޢަތުން މައްސަލަ ނިމެންދެން ނުދެއްކި އޮންނަ ދުވަސްތަކަށް ޖުރުމަނާ ހިނގާނެއެވެ. އަދި އެފަދަ ފަރާތަކަށް ދެވަނަފަހަރަށް ބިމާބެހޭ މުޢާމަލާތެއް ކުރެވޭނީ އެފައިސާ ދައްކާ ނިމުމުންނެވެ.
|
އެހެލާފައި ހުރި އުޅަނދެއް ބާލައި ބިން ޙަވާލުކުރުން |
13. |
(ހ)
(ށ) (ނ) |
އުޅަނދު ބޭލުމަށްފަހު ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ ދައްކާ ނިންމާ އެބިން ސާފުކޮށް އެކަން ކައުންސިލް އިދާރާއަށް ލިޔުމުން އަންގަންވާނެއެވެ. މިމާއްދާގެ (ހ) ގައިވާ އުޞޫލާއި ޚިލާފަށް ޢަމަލުކޮށްފިނަމަ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅު އެފަރާތަކާމެދު އެޅޭނެއެވެ. ކުލީގެގޮތުގައި ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތްނަމަ ކައުންސިލް އިދާރާއާއި ބިމާއި ޙަވާލުވާ ފަރާތާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޖުރުމާނާ ކުރެވޭނެއެވެ.
|
ޖޫރިމަނާ |
14. |
(ހ) |
މިއުޞޫލުގައި ހިމެނިފައިވާ ކަންކަމާއި ޚިލާފުވާ ފަރާތްތަކާމެދު، ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަޞޭޙަތްދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/1000 (އެއްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ -/1000 (އެއްހާސް ރުފިޔާ) އާއި -/3000 (ތިންހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ -/3000 (ތިންހާސް ރުފިޔާ) އާއި -/5000 (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު -/5000 (ފަސްހާސް ރުފިޔާ) އިން ޖުރުމަނާކުރުމުގެ އިޚުތިޔާރު މިއުޞޫލުގެ ދަށުން ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.
|
ޖަދުވަލް |
15. |
(ހ) |
ނ.ވެލިދޫ ސިނާޢީ ސަރަޙައްދަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމުގެ ހުއްދައަށް އެދޭ ފޯމް ހިމެނިފައިވާނެއެވެ. |