ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖޫން 2015ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތު

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 12 އޭޕްރިލް 2015 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

  • އެޑްވާންސް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ - ފުލްޓައިމް

ތަޢާރަފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވާދޭން އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

  •  ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ - ފުލްޓައިމް

ތަޢާރަފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވާދޭން އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

  • ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ- އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ - ފުލްޓައިމް

ތަޢާރަފު:

މި ކޯހުގައި ފަށާ ތަޢުލީމީ ހަރުފަތުގެ ހުރިހާ މާއްދާ ތަކެއް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނު ކުރެވެއެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސުކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވަދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެއްސާއި ހިސާބު ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

  • އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރެޗަރ)

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ލ.ގަން - ބްލޮކްމޯޑް

ތަޢާރަފު:

މި ކޯހަކީ ސާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވާދޭން އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޙާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

  • ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރެޗަރ)

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ލ.ގަން - ބްލޮކްމޯޑް

ތަޢާރަފު:

މި ކޯހަކީ ސާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވައިދޭން ބެޗްލަރ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤުޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއިއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްސަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

  • ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ އޮނަރސް (ދިވެހި ލޭންގްވިޖް އެންޑް ލިޓްރެޗަރ)

މުއްދަތު:  4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ލ.ގަން - ބްލޮކްމޯޑް

ތަޢާރަފު:

މި ކޯހަކީ ސާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވާދޭން ބެޗްލަރ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

  • އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް)

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  ކ.މާލެ - ފުލްޓައިމް

ތަޢާރަފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތް ތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން.

  • ބެޗްލަރ އޮފް ޓީޗިންގ (އާރލީ ޗައިލްޑްހުޑް)

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  ކ.މާލެ - ފުލްޓައިމް

ތަޢާރަފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާ އަށް ޝައުޤުވެރިވާ ފަރާތް ތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން.

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން.

  • ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  ކ.މާލެ - ފުލްޓައިމް

ތަޢާރަފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މި ކޯހުގައި ޕްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާ އަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން.

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން.

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީ

  • އެޑްވާންސްޑް ސެޓްފިކެޓް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަސް: ހދ.ކުޅުދުއްފުށި

ތަޢާރަފު:

މި ކޯސް ފަރުމާކުރެވިފައިވަނީ މެރިން އެންޖިނިއަރުކަމުގެ ރޮނގުން ދިވެހީން ތައްޔާރުކުރުމަށް އަމާޒުކޮށްގެންނެވެ. ކޯހުގައި ހިމެނިފައިވާ ބައިތަކުގެ ތެރޭގައި ރާއްޖޭގެ އޮޑިދޯނިފަހަރުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އިންޖީނުތަކަށް ތަޢާރަފުވުމާއި، މެއިންޓަނެންސް މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ދިމާވާ މައްސަލަތައް އަމިއްލައަށް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމުގެ އިރުޝާދު ދެވޭނެއެވެ. މި ކޯސް ފުރިހަމަކުރުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަޑު:

ހ.ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއި އެކު ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

  • އޭ.އޭ.ޓީ ޑިޕްލޮމާ އިން އެކައުންޓިންގ

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ސ.ހިތަދޫ – ހަވީރު ދަންފަޅި

ތަޢާރަފު:

އެކައުންޓިންގއާއި ފައިނޭންސް ދާއިރާގެ ހުނަރު ތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާ ތަކަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޒަރީއާއިން ބައިވެރިންނަށް މަސައްކަތު މާހައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާ އަކީ މާލެ އާއި އަތޮޅު ތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާ ތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އެކައުންޓިންގ ގެ އިތުރުން އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވަލް/ އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެކައުންޓިންގ ދާއިރާގެ ވަޒިފާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން އަދި އުމުރުން 21 އަހަރު ވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން އަދި ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ އިމްތިޙާނަކުން ފާސްވެފައިވުން.

17 މާރިޗު 2015
ހޯދާ