ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލްގެ " އެޕްމްލޯއީ އޮފް ދި އިޔަރ" އަށް ހޮވޭ މުވައްޒަފުގެ ޢުމްރާ ދަތުރު ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުން.

" ހއ. އަތޮޅު ކައުންސިލްގެ " އެޕްމްލޯއީ އޮފް ދި އިޔަރ " އަށް ހޮވޭ މުވައްޒަފުންގެ ޢުމްރާ ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމުގެ އުސޫލުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކުގެ ތެރެއިން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

  • ބީލަމު ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2023 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 20 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންލައިން ކޮށެވެ.
  • ރަޖިސްޓްރީ ވުމުގެ ގޫގުލް ފޯމް ލިންކް:

https://forms.office.com/r/x9awxUNixJ 

 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓް:www.halifatoll.gov.mv   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  • ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް އެޑްރެސް: [email protected]  

ފޯން ނަންބަރު: 6500129

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 27 ވަނަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 
  • ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

14 ޑިސެންބަރު 2023
ހޯދާ