ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުސަތު

ބީލަން ހުށަހެޅުމުގެ ފުރުސަތު

5  ކިލޯވޮޓްގެ ސޯލަރ ޕެނަލް ސިސްޓަމްއެއް ގެނެސް ބަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ރަށު މަސްޖިދުއްސިޔާދާ އަށް 5 ކިލޯވޮޓްގެ ސޯލަރ ޕެނަލް ސިސްޓަމްއެއް 5 ކިލޯ ވޮޓްގެ ކަރަންޓް ނަގައިދޭނެ ( ސޯލަރ ޕެނަލް އާއިބެހޭ ސޯލަރ މީޓަރާއި އިންވާޓަރސެޓް އަދި ޕަވަރ ސަޕްލައި އާއި ޖެކްތައް ހިމެނޭގޮތަށް ) ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތު ފޯމްއާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެެ. ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ފޯމް ދޫކުރުން

1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 14 ޑިސެމްބަރ 2023 ން ފެށިގެން 21 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  

2. ބިޑް ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.

3. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ އީމެއިލް މެދުވެރި ކޮށެވެ.

4. އީމެއިލް މެދުވެރިކޮށް ބިޑްފޯމް ނަންގަވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓް ނަމްބަރ:

7725700293001 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު އާމިނަތު އަސްމާ 9686439 މި ނަމްބަރއަށް ވައިބަރ ކުރެއްވުމުން ނުވަތަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން އެފަރާތުގެ އީމެއިލްއަށް ބިޑްފޯމް

 ފޮނުވައިދެވޭނެއެވެ.

 

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލަރ އަޙްމަދު ޞަލާހް 9798639 އަށް ގުޅުއްވައިގެންނާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 21 ޑިސެމްބަރ 2023 ވާ  ބުރާސްފަތި ދުވަހުގެ 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

                  01  ޖުމާދަލްއާޚިރާ 1445   

14 ޑިސެންބަރު 2023
ހޯދާ