ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

                         އިޢުލާން

 

            މިސްކޫލުގެ ސެކިއުރިޓީ 2024  ވަނަ އަހަރުންފެށިގެން، 1 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 18 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.  

ވިމާ 1 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލުގެ ފޯނު ނަންބަރު 6780573 އާއި ގުޅުއްވުން އެދެމެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ތިރީގައިއެވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

-          2023 ވަނަ އަހަރު ކަނޑޫދޫ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން / ތ.ކަނޑޫދޫ ސްކޫލް

 

                  28 ޖުމާދަލްއާޚިރާ 1445

                  14 ޑިސެމްބަރ 2023 

14 ޑިސެންބަރު 2023
ހޯދާ