މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-327885

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން / މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28. އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1100 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ސަރވަރތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް އަޕްޑޭޓް ކުރުމާއި، ސަރވަރތައް އަދި ޑޮމެއިން ސިސްޓަމް، ކޮމްޕިޔުޓަރ ސިސްޓަމްތަކާއި އެއާ ގުޅޭ ޕެރިފެރަލް ޑިވައިސްތައް ބެލެހެއްޓުމާއެކު ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން
  2. އަލަށް ކޮންފިގަރ ކުރަންޖެހޭ ސަރވަރ، ފަޔަރވޯލް ފަދަ ތަކެތި ކޮންފިގަރ ކުރުން.
  3. އޮފީހުގެ ކޮމްޕިއުޓަރ ވިއުގަ ބެލެހެއްޓުމާއި ނެޓްވޯރކް ޑިޒައިންކޮށް ނެޓްވޯކް އަޅަންޖެހޭ ހާލަތްތަކުގައި ނެޓްވޯކް އެޅުމާއި ކޮންޕިއުޓަރ ވިއުގަޔަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  4. އޮފީހުގައި ބޭނުންކުރާ ކޮމްޕިޔުޓަރ ސިސްޓަމްތައް ބަލާ ޗެކްކުރުމާއި އަޕްގްރޭޑްކުރަން ޖެހޭ ޙާލަތްތަކުގައި ހުރި ތަކެތި ފައިސާ ހުރި މިންވަރަކުން އަފްޑޭޓްކޮށް ، އަލަށް ހޯދަންޖެހޭ ސިސްޓަމްތައް ހޯދުން.
  5. އޮފީހުގައި ބޭނުން ކުރާ ނުވަތަ އަލަށް ޑިވެލޮޕްކުރާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަންތަކަށް ބޭނުންވާ ހޮސްޓިންގ ހޯދާ މި އެއްޗެހި ހޮސްޓް ކުރުމުގެ މަސައްކަތް ކުރުމާއި މޮނިޓަރ ކޮށް ބެލެހެއްޓުން.
  6. އެކި އެކި މުނާޞަބަތުތަކާއި ނުވަތަ އިވެންޓްތަކާއި ގުޅިގެން މިނިސްޓްރީގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. އޮފީހުން ވެބްސައިޓަށް ލާންޖެހޭ ތަކެތި ވެބްސައިޓަށް ލުމާއި އޮފީހަށް އަންނަ ބަދަލުތަކާއި ވެރިންނަން އަންނަ ބަދަލުތައް ވެބްސައިޓުގައި ހިމެނުން
  8. އޮފީހުގައި ބޭނުންކުރާ ވެބްސައިޓްތަކުގެ ބެކަޕް ނަގާ ގަވާއިދުން ބެލެހެއްޓުން.
  9. ނޭޝަނަލް ކޮމްޕިއުޓިންގ ނެޓްވޯކުގެ ޚިދުމަތްތަކަށް ދިމާވާ މައްސަލަތައް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅިގެން ހައްލުކުރުން.
  10. އޮފީހުގެ ވަޔަރލެސް ނެޓްވޯކް ބެލެހެއްޓުމާއި ވަޔަރލެސް ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުން، އަދި އޮފީހުގެ ލޯކަލް އޭރިއާ ނެޓްވޯކް ބެލެހެއްޓުމާއެކު ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއެކު އިތުރަށް ތަރައްޤީ ކުރެވެން ހުރި ގޮތްތައް ހޯދާ ތަރައްޤީ ކުރުމަށް މަސައްކަތްތައް ކުރުން.
  11. އޮފީހުގެ ޕީ.އޭ.ބީ.އެކްސް. ސިސްޓަމް ބެލެހެއްޓުމާއި ކޮންފިގަރޭޝަންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
  12. އޮފީހުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް މޮނިޓަރކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން އަދި ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
  13. އޮފީހުގެ ފަޔަރވޯލް އަދި ނެޓްވޯކް ސެކިއުރިޓީއާއި ގުޅޭ ކަންތައްތައް ބެލެހެއްޓުމާއި ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  14. އޮފީހުގެ ސީސީޓީވީ ކެމެރާ ނެޓްވޯކް ދުވަހުން ދުވަހަށް މޮނިޓަރކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  15. އޮފީހުގެ އެކި ކަންކަމަށް ބޭނުންވާ ވެބްސައިޓް އަދި ވެބް ޕޯޓަލްތައް ބެލެހެއްޓުމާއި ޑިވެލޮޕްކުރުން
  16. އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އޮފީހުގައި އޮޓޮމޭޓް ކުރެވެންހުރި ކަންކަން އޮޓޮމޭޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  17. އޮފީހުގެ ޚިދުމަތްތަކުގެ މަޢުލޫމާތު އަދި ޚިދުމަތްތައް ފަސޭހަކަމާއެކު ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ މޮބައިލް އެޕްލިކޭޝަންތައް ތައްޔާރުކުރުން.
  18. އޮފީހުގެ އެކި ކަންކަމަށް ބޭނުންވާ ވެބްސައިޓް އަދި ވެބް ޕޯޓަލްތައް ބެލެހެއްޓުމާއި ޑިވެލޮޕްކުރުން
  19. އޮފީހާއި އޮފީހާގުޅޭ އެންމެހާ އައި.ޓީ. އާއި ގުޅުންހުރި ތަކެތަކެއްޗަށް ވާނުވާބެލުމާއި އޮފީހުގެ އައި.ޓީގައި ގެންގުޅޭ އެންމެހާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
  20. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ސެކްޝަނުން ހަދަންޖެހޭ އާއްމު އުސޫލުތަކާއި ޕްރޮސީޖަރތައް ހެދުން.
  21. އޮފީހުގެ ރަސްމީ ވެބްސައިޓަށް އަދި އެހެނިހެން ވެބްސައިޓްތަކާއި ޕޯޓަލްތަކަށް ކޮންޓެންޓް އަޕްލޯޑު ކުރާ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު ދިނުން.
  22. މިނިސްޓްރީގެ ސޯޝަލް ނެޓްވަރކް އެކައުންޓްތައް ބެލެހެއްޓުމާއި މިނިސްޓްރީން ބާއްވާ އެކި އެކި ރަސްމިއްޔާތު ތަކަށް އައި.ޓީ ރޮނގުން ކޮށްދޭންޖެހޭ މަސައްކަތްތައް ކޮށްދިނުމާއި މީޑިއާ ޔުނިޓުގެ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރުން.
  23. މިނިސްޓްރީގެ އިސްވެރިންނާއެކު އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ އެކި އެކި ކަންކަމާއި ގުޅިގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭއްވޭ ބައްދަލުވުން ތަކުގައި ބައިވެރިވުން.
  24. ވަޒީފާގެ މަސައްކަތްތަކާއި ގުޅިގެން މުވައްޒަފުންނަން އައި.ޓީގެ ރޮގުން ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯ ބަލައި ބޭނުންވާ ޓްރޭނިންގ އޮފީހުގެ ހިއުމަންރިސޯސް ސެކްޝަންގެ މަޝްވަރާގެ މަތިން ދިނުން.
  25. އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޯލޮޖީ ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  26. މަތީގައި ދެންނެވުނު މަސައްކަތްތަކުގެ އިތުރުން މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކޮމްޕިއުޓަރ ސައިންސް

ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

ކޯ ޑިސިޕްލިންތައް:

  • ކޮމްޕިއުޓަރ ސައިންސް

ގުޅޭވަޒީފާގެ ދާއިރާތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޑިސެންބަރު 26 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 27 ޑިސެންބަރު 2023 އާއި 11 ޖަނަވަރީ 2023 އާ ދެމެދު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ޑިސެންބަރު 2023
ހޯދާ