މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ލެކްޗަރަރ އިންގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

 

ލެކްޗަރަރއިންގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

 މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެއްވާނެ ލެކްޗަރަރ އިންގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

#

ޝަރުތު

ސީނިއަރ ލެކްޗަރަރ

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 އަދި ލެވެލް 10 ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ 2. ސަނަދެއް ޙާސިލްކޮށްފައިވުން. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ވޮކޭޝަނަލް އެޑިއުކޭޝަންގެ އުފެއްދުންތެރިކަން ލިބިފައިވާކަމަށް އިދާރާއިން ކަނޑައަޅާ މިންގަނޑު ޙާސިލްވެފައިވުން.

ނުވަތަ

3. މަޤާމުގެ މަސްޢޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 12 އަހަރުގެ ޢަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެ ފަންނެއްގެ އުގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން

ލެކްޗަރަރ

1. މަގާމުގެ މަސައްކަތާގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު  ލެވެލް 9 ސަނަދެއް ޙާސިލްކޮށްފައިވުން.  އަދި މަޤާމުގެ މަސައްކަތުގެ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސްޢޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެ ފަންނެއްގެ އުގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން

އެސޯސިއޭޓް ލެކްޗަރަރ

1. މަގާމުގެ މަސައްކަތާގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު  ލެވެލް 9 ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

2. މަޤާމުގެ މަސްޢޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 8 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެ ފަންނެއްގެ އުގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305414  ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ރަޖިސްޓަރލިންކް:https://docs.google.com/forms/d/e/1FAIpQLSeYGtKf3ABtvGSN3V-dfCcmunyPPIGITtu_Yo-B8svJZtuTLA/viewform?vc=0&c=0&w=1&flr=0   

                                 01 ޖުމާދަލްއާޚިރާ 1445

14 ޑިސެންބަރު 2023
ހޯދާ