ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ބައެއް ރޫމްތަކުގެ ޕާޓިޝަންތައް މަރާމާތު ކުރުމާއި، ބައެއް އެއަރކަންޑިޝަން ބަދަލުކުރުމާއި، ކައުންޓަރު މަރާމާތު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމާގުޅޭ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިންގަމުންގެންދާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން، 2023 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:00 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2023 ޑިސެންބަރު 25 ވަނަ ދުވަހުގެ 10:00 ގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާތީ، އެ މަޢުލޫމާތު ކަރުދާހުގެ ކޮޕީ އިތުރަށް ޕްރިންޓްކޮށް، މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރުވާފަރާތްތަކަށް، މި ޑިޕާޓްމަންޓުން ނުދޭނެއެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29  ޖުމާދަލްއޫލާ   1445

13 ޑިސެންބަރު 2023
ހޯދާ