މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Stipendium Hungaricum Scholarship 2024

Stipendium Hungaricum Scholarship 2024

ޤައުމު: ހަންގޭރީ

8 ބެޗްލަރސް ޑިގްރީ ފުރުޞަތު

14 މާސްޓަރސް ޑިގްރީ ފުރުޞަތު

3 ޑޮކްޓޯރަލް ޑިގްރީ ފުރުޞަތު (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ)

ކޯހުގެ ލެވެލް އަދި ޢަދަދު:

ދިވެހިރާއްޖެއަށް ދެއްވާފައިވާ ކޯހުގެ ދާއިރާ ތަކުގެ މަޢުލޫމާތު   https://stipendiumhungaricum.hu/apply/ އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ދާއިރާ:

ބެޗްލަރސް ޑިގްރީ

1.ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން

2.ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން

3.ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ.

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ.TOEFL 550 އިން ފެށިގެން މަތި.

ރ.ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް

4. މީގެ އިތުރުން ޔުނިވަރސިޓީގެ ބެޗެލަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ.

5. އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.

މާސްޓަރސް ޑިގްރ

1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.

3. މީގެ އިތުރުން ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ.

ޕީ.އެޗް.ޑީ/ ޑީ.އެލް.އޭ

1.ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2.އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/  ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން

3.މީގެ އިތުރުން ޔުނިވަރސިޓީގެ ޕީއެޗްޑީ/ޑީ.އެލް.އޭ ލެވަލްގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށު ކޮޕީ.

4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

5.ރެކޮމެންޑޭޝަން ލެޓަރ (ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ނުވަތަ އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް)

6.ފުރިހަމަކޮށްފައިވާ އޮންލައިން އެޕްލިކޭޝަން ފޯމު (ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ނުވަތަ އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް)

7.މެޑިކަލް ސެޓްފިކެޓް (ނޮމިނޭޓްވުމުން ހުށަހެޅުމަށް)

8.މީގެ އިތުރުން ކޯސްތަކާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ހުޅަހަޅަން އަންގާފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

9.ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓު  https://stipendiumhungaricum.hu/apply/ގައި ކޯހާއި ގުޅޭގޮތުން އިތުރު  ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.   

10.ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

11.މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

12.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

13.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ކޯހަކަށެވެ.

-މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވެއެވެ.  ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

-މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު ހަމަޖައްސައިދޭނީ މި މިނިސްޓްރީގެ ފަރާތުންނެވެ. އަދި އެހެނިހެން ހުރިހާ ޚަރަދެއް ހަމަޖައްސާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

-މި މިނިސްޓްރީގެ ނޮމިނޭޝަން ހަދާނީ ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށް އަދި މިނިސްޓްރީގެ "މައިއެޑިޔު"  ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.

- މި ސްކޮލަރޝިޕަށް މި މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށް 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އެއީ     ސެންޓްރަލް ޔޫރަޕިއަން ޓައިމްގެ 14:00 ކުރިންނެވެ. މިގޮތުން އޮންލައިން އެޕްލިކޭޝަން ފުރިހަމަވާނީ ސޭވްކުރުމަށްފަހު ސަބްމިޓް ކުރުމުންނެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓަކު މި ސްކޮލަރޝިޕް ފުރުޞަތަކަށް ނުހޮވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީ ވެބްސައިޓުންނާއި މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި އެނެކްސް 1 އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި:  15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން  (އެއީ ސެންޓްރަލް ޔޫރަޕިއަން ޓައިމް 14:00 ގެ ކުރިން)

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026936 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

13 ޑިސެންބަރު 2023
ހޯދާ