ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ ދަޢުވަތު

  1. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނސްޓްރޭޝަންގެ އެދި ލެއްވުމުގެ މަތިން ތ. ބުރުނީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކޮށްފައިވާ ނަންބަރު (IUL)382-ESMS/382/2023/54 ( 26 އޮގަސްޓް 2023 ) އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، ބިޑްތައް ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓްރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  3. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮންޕެޓިޓިވް ބިޑިންގ ( އެން.ސީ.ބީ ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  4. މިބީލަމުގައި ބައިވެރިވުމަށް -/1000 ރުފިޔާ ( އެއްހާސް ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ޑިސެންބަރު 2023 އިން 27 ޑިސެންބަރު 2023 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރަކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑްޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
  5. މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 12 ޑިސެންބަރު 2023 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  6. މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 27 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
  7. ބިޑްތައް ހުޅުވުން އޮންނާނީ 31 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ބުރުނީ ކައުންސިލްގެ އިދާރާ

ރޯޝަނީމަގު / ތ. ބުރުނި

ފޯން:  +9606780038

އީމެއިލް: [email protected]

ވީމާ، މިކަން އާންކޮށް އަންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޑިސެންބަރު 2023
ހޯދާ