ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު ވަގުތީގޮތުން ހިންގުމަށްޓަކައި ތަނެއް ކުއްޔަށް ހިފުން

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު މިހާރު ހުރި އިމާރާތް، މަރާމާތު ކުރުމަށްޓަކައި ވަގުތީގޮތުން ކޯޓު ހިންގުމަށްޓަކައި އިމާރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12.00 އަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް އަންދާސީހިސާބު ހިފައިގެން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ