ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާނު

2024 ވަނަ އަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުމާގުޅޭ  

1. 1 ޖަނަވަރީ 2024 އިން 31 ޑިސެންބަރު 2024 އަށް މީލާދީ 1 ( އެކެއް)    އަހަރުދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ   ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެފުރުސަޠު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

2.މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2023 ޑިސެންބަރު 13 އިން 18 އަށް ބަންދުނޫން  ކޮންމެދުވަހަކު 8:30 އިން 13:00 އަށް  ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން،ނުވަތަ  އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރީކުރުމަށް ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

1. މަޢުލޫމާތު ސާފުކުރާފަރާތުގެ ނަން:

2. ރަޖިސްޓްރީ ނަމްބަރު:

3. އީމެއިލް އެޑްރެސް :

4. ގުޅޭނެ މޯބައިލް ނަންބަރު :

3. މި ބީލަމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެންބަރު 17 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

4. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނާނީ 2023 ޑިސެންބަރު 18 ވާ ހޯ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑިކާޑް ގެންނެވުން އެދެމެވެ.

5.ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި މަދަރުސާގެ އޭވީ ރޫމްގައެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  

ނަންނޯޓްކުރުމާއި،އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެެއެވެ.

ވ.އަތޮޅު މަދަރުސާ

ފޯނު ނަމްބަރު : 6700025

މޯބައިލް: 7483852 

އީ-މެ އިލް: [email protected]

             13 ޑިސެންބަރު  2023    

13 ޑިސެންބަރު 2023
ހޯދާ